IS inn hamalaa dhinumun Libya ge theyo tanker thakuga alifaan roavejje
image
0 ކޮމެންޓް
 

އައިއެސް އިން ހަމަލާ ދިނުމުން ލީބިޔާގެ ތެޔޮ ޓޭންކަރުތަކުގައި އަލިފާން ރޯވެއްޖެ

ލީބިޔާގައި ތެޔޮ ނެގުމަށް ބޭނުން ކުރާ ދެ ޓާމިނަލަކަށް އިސްލާމިކް ސްޓޭޓް (އައިއެސް) އިން ހަމަލާ ދިނުމުން އަލިފާން ރޯވެ، ތެޔޮ ރައްކާ ކުރާ ޓޭންކުތަކަށް އަލިފާންގަނޑު ފެތުރިއްޖެ އެވެ.
ރިޕޯޓުތައް ބުނާ ގޮތުން އަލިފާން ރޯވެފައިވަނީ ސިރްތޭ އާއި ބެންގާޒީ ދެމެދުގައިވާ ސިދްރާ އަދި ރާސް ލަނޫފް ޓާމިނަލް ގައެވެ.

އޮފިޝަލުން ބުނީ އެ ސަރަހައްދަށް ހޯމަ ދުވަހުން ފެށިގެން އައިއެސް އިން ދެމުންދާ ހަމަލާތަކުގައި 10 މީހުން މަރުވެފައިވާ ކަމަށެވެ.

އެ ސަރަހައްދުގައި އައިއެސް އާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ލީބިޔާގެ ރަސްމީ ސަރުކާރުން ވަނީ އަސްކަރީ ވައިގެ އުޅަނދުތައް ފޮނުވާފަ އެވެ.

މުއައްމަރު ގައްޒާފީގެ ވެރިކަން 2011 ވަނަ އަހަރު ވެއްޓުމާއެކު، ލީބިޔާގައި ދެ ސަރުކާރަކުން ދަނީ ވެރިކަން ކުރަމުންނެވެ.

އައިއެސް އިން ލީބިޔާގައި ހަރަކާތްތެރިވާތާ އަހަރެއް ވެފައިވާއިރު، އެ ޖަމާއަތުން ލީބިޔާގެ ތެޔޮވަޅުތަކުގެ ކޮންޓްރޯލް ހޯދަން މަސައްކަތް ކުރާ ކަމުގެ އިންޒާރު ފްރާންސް އިން ވަނީ މިދިޔަ ޑިސެމްބަރ މަހު ދީފައެވެ.

ސިދްރާ އަދި ރަސް ލަނޫފުގެ ތެޔޮ ޓޭންކަރުތަކުގައި 40،000 ފީފާ ތެޔޮ ހުންނާނެ ކަމަށް ބެލެވެއެވެ. އެތަނުން އައިއެސް ބޭރު ކުރުމަށް ހަމަލާ ދެމުންދާއިރު، ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
އައިއެސް ލީބިޔާ
ހިޔާލު