14 aharun dhashuge tennis team ge partner akah Dhiraagu hamajjassaifi
image
ޓެނިސް ޓީމާއި ދިރާގުގެ އޮފިޝަލުން މިއަދު ބައްދަލުކުރެއްވުމަށް ފަހު ފޮޓޮއަކަށް ހުއްޓިލައިގެން -- ފޮޓޯ: ދިރާގު
އަހްމަދު ތޯއިލް
0 ކޮމެންޓް
 

14 އަހަރުން ދަށުގެ ޓެނިސް ޓީމުގެ ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި

މި މަހުގެ 17 ވަނަ ދުވަހުން 30 ގެ ނިޔަލަށް ތައިލެންޑުގައި ކުރިއަށްދާ އިންޓަނޭޝަނަލް ޓެނިސް ފެޑަރޭޝަން (އައިޓީއެފް) އޭޝިއާ އަންޑާ 14 ޑިވޮލޮޕްމެންޓް ޗެމްޕިއަންޝިޕްގެ ދެވަނަ ޑިވިޝަނުގައި ރާއްޖެ ތަމްސީލްކުރާ 14 އަހަރުން ދަށުގެ ޓީމުގެ މައިގަނޑު ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.
މިއީ ދިވެހިރާއްޖޭގައި ޓެނިސް ކުރިއަރުވާ އާލާކުރުމުގެ ގޮތުން ހުނަވެރި ކުޅުންތެރިން ތަމްރީން ކުރުމަށްޓަކައި ރާއްޖޭގެ ޓެނިސް އެސޯސިއޭޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ތިން އަންހެން ކުޅުންތެރިންނާއި ތިން ފިރިހެން ކުޅުންތެރިއަކަށް ލިބިފައިވާ ފުރުސަތެއް ކަމަށް ދިރާގުން ބުނެއެވެ.

"ކުޅިވަރުތައް އިތުރަށް ތަރައްގީކޮށް އެފަދަ ކަންކަމުގައި ޒުވާނުންނަށް ހުރި ފުރުސަތުތައް ތަނަވަސް ކޮށްދިނުމަކީ ދިރާގުގެ ވަރަށް މުހިންމު އެއް އަމާޒު. އެގޮތުން މި އެއްބަސްވުމަކީވެސް ޓެނިސް ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ދިރާގުން ވާ ބައިވެރިވުމެއް. އަޅުގަނޑުމެންގެ އުންމީދަކީ މިފަދަ ކޭމްޕްތަކުގެ ސަބަބުން ކުރިއަށް އޮތްތަނުގައި ޓެނިހުގެ ކުރިމަގު ރާއްޖޭގައި އުޖާލާވެގެންދިޔުން،" މި އެއްބަސްވުމާއި ބެހޭގޮތުން ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު މިރުޝާން ހަސަން ވިދާޅުވިއެވެ.

ރާއްޖޭގެ ޓެނިސް އެސޯސިއޭޝަންގެ އޮފިޝަލް އަދި ރާއްޖެ ތަމްސީލްކުރާ 14 އަހަރުން ދަށުގެ ޓީމުގެ މެނޭޖަރު އަހްމަދު އަކްރަމް ވިދާޅުވީ ކުޅިވަރުގެ ކަންކަމުގައި އަދި ޒުވާން ކުޅުންތެރިން އުފެއްދުމަށް ދިރާގުން ވެދެއްވާ އެހީތެރިކަން ކުޅިވަރަށް ލޯބިކުރާ އެންމެހާ ފަރާތްތަކުން ފާހަގަކުރާ ކަމަށެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ދިރާގު ޓެނިސް
ހިޔާލު