Maamigilli Airportun Athulaafaiva Gina Adhadhege Bangura Nathalaifi
image
އިއްޔެ މާމިގިލީގައި ފުލުހުން ނައްތާލި ބަނގުރާތައް--ފޮޓޯ:ޕޮލިސް
1 ކޮމެންޓް
 

މާމިގިލީ އެއާޕޯޓުން އަތުލާފައިވާ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

އދ. މާމިގިލީގައި ހުންނަ ވިލާ އިންޓަނޭޝަނަލް އެއަޕޯޓަށް ފުރަންދާ ފަތުރުވެރިންގެ އަތުން ހޯދާފައިވާ ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއި ބިއަރު ދަޅުތަކެއް ނައްތާލައިފިއެވެ.
ފުލުހުން ބުނީ އިއްޔެ ނައްތާލަފައިވަނީ މާމިގިލީ ޕޮލިސް ސްޓޭޝަން އެކި މައްސަލަތަކުގައި އެރަށު އެއާޕޯޓުން އަތުލައިގަންފައިވާ ބަނގުރަލާ ބިޔަރު ދަޅުތަކެއް ކަމަށެވެ.

އިއްޔެ ފުލުހުން ނައްތާލާފައިވަނީ އެއާޕޯޓުން ހުށަހަޅާފައިވާ 404 މައްސަލަތަކުގައި ފުލުހުން ހޯދާފައިވާ 465 ބަނގުރާ ފުޅިއާއި 289 ބިޔަރު ދަޅު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ އެއްޗެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެތަކެތި ނައްތާލާފައިވަނީ އިއްޔެގެ ވަގުތެއްގައި އދ. މާމިގިލީގައި ކަމަށެވެ.

ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު

އަހުމަދު

ހަމަ ދައްކާ ދަޅައެއް. ތިވަރަށް ފުލުހުންނާ ސިފައިން ތިބާވަތުގެ ތަކެތިހޯދާ ނައްތާލަން މަސައްކަތްކުރާ އިރު ދުވަހެއް ދުވަހަކަށް ޤައުމުގެ ޒުވާނުން އަތަުން އެތަކެތި ފެނުން ގިނަވުމާ ބޭނުންކުރާމީހުން ގިނަވަމުން މިއަންނަނީ ކީއްވެބާއެވެ ؟