Kureege Anbimeeha Birudhaka Blackmail kuri Massalagai Muazu Hayyaru koffi
image
މުއާޒު ހަލީމް--ފޮޓޯ: ފޭސްބުކް
7 ކޮމެންޓް
 

ކުރީގެ އަނބިމީހާއަށް ބިރުދައްކާ ބުލެކް މެއިލް ކުރި މައްސަލާގައި މުއާޒު ހައްޔަރު ކޮށްފި

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ޔޫތު ކައުންސިލްގެ 'ކުރީގެ' ސެކްރެޓަރީ ޖެނެރަލް މުއާޒް ހަލީމް އޭނާގެ ކުރީގެ އަނބިމީހާ އަށް ބިރުދައްކާ ބްލެކް މެއިލް ކުރި މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބްލެކް މެއިލް ކުރި މައްސަލައަކާއި ގުޅިގެން އައްޑޫ ސިޓީ ހިތަދޫއިން 33 އަހަރުގެ ފިރިހެނަކު އިއްޔެ ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ސީއެންއެމްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުއާޒު ހައްޔަރު ކޮށްފައިވަނީ ކުރީގެ އަނބިމީހާގެ އަތުން ފައިސާ ހޯދުމަށް ބިރުދައްކާ ބުލެކް މެއިލް ކުރަމުންދާތީ ކުރީގެ އަންހެނުން ހުށަހެޅި މައްސަލައަކާއި ގުޅިގެންނެވެ.

މުއާޒު ހައްޔަރު ކުރި މައްސަލާގައި ސޯޝަލް މީޑިއާގައި މުއާޒަކީ އެމްޑީއޭގެ ޒުވާނުންގެ ގޮފީގެ ރައީސްކަމަށް ބުނަމުންދާތީ އެޕާޓީން އޭނާ މީގެ ތިން މަސްކުރިން ވަކިކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.
Social Media gai fethuremundhaa habaruthakaa havaalaadhee dhannavameve. Muaz Haleem akee Maldives Development Alliance...Posted by MDA Youth League on Monday, January 18, 2016

މުއާޒު އޭނާގެ ކުރީގެ އަނބިމީހާއަށް ގެވެށި އަނިޔާ ކުރާ މައްސަލަ އަންހެން މީހާ ކޯޓަށް ހުށަހެޅުމުން، މުއާޒު އެކަމަށް އެއްބަސް ވެފައިވާތީއާއި އެކަމުގެ ހެކި ލިބުމުން ކޯޓުން ވަނީ އެވަރި ނަގާދީފައެވެ.

ސީއެންއެމްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުއާޒުވަނީ ޖުމެއިރާ ދެވަނަ ފުށިންނާއި ޖޭއޭ މަނަފަރު ރިސޯޓުންނާއި ފޯސީޒަން ކުޑަހުރާ ރިސޯޓުންނާއި ސަންގްރިއްލާ މޯލްޑިވްސުންނާއި އަދި އޮޅުވެލި ރިޒީޓް އެންޑް ސްޕާއިން ވެސް އެކި މައްސަލަތަކުގައި ވަކި ކޮށްފައެވެ.

މީގެ ހަތަރުވަރަކަށް މަސްކުރިން މުއާޒު އޮޅުވެލިން ވަކިކޮސްފައި ވަނީ ޑިސިޕްލިން މައްސަލަ ތަކަކާއި ގުޅިގެންނެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު

ްބްލެކް

އަންހެންމީހާ ވަން ދޮރުން ނިކުމެގެން ދިޔައީ ޢާއްމުކޮށް ވަން ދޮރުން ނިކުންނާން އާދހަވެފަ ހުރި މީހަކު ނިކުންނާނީ ހަމަ ވަންދޮރުން އްހްން ގޮސްހުރެ ކޮން ކަޅެކޭ ވައިޓެކޭ ކިޔަނީ 3 މަސް ވީމަ އަވަހަށް އަނެއް ދޮރުން ވަންނަން ވީމަ ކޯޗެކޭ ކިޔަނީ ؟

ބްލެކް

ހަސަދައާ ޒާތީ ތައައްސުބުގެ އަލިފާން ރޯކޮށްގެން އެހޫނުން އަނދައަނދާ ތިބެ ދުލާ ގަލަމުގެ ބޭނުން ކޮށް އިވޭ ކޮންމެ ވާހަކަ އަކާ ފެންނަ ކޮންމެ ލިއުމެއްގެ ދެކޮޅު ނުބަލާ ކާކުކަން ނޭގޭގޮތަށް ފޮރުވިގެން ތިބެ ފާޑު ފާޑު ގެ ރައްދު ދޭއިރު އެކަން ސިއްރު ނުވާނެ ފަރާތެށްވާކަން ގަބޫލް ނުކުރެވެނީތަ؟ ފެންނަ އިރު މާހިތް ހެޔޮ ބަޔަކަށް ހެދިގެން ތިބެ މުނާފިގުވައްތަރަށް ތި އަމަލު ކުރާއިރު ތިމާމެންގެ އަމިލަނަފްސާ ކަިރި ވަނީ ކުށްފާފަތަކުން ސާފްތާހިރުވެ އާޚިރަތުގެ ކާމިޔާބްލިބޭނެ ކަން ކަށަވަރު ވެފަތޯ ؟ތި ހުރިހާ ނަންނަމުގަ ލިޔަނ ވެއްޖެޔާ ލިޔެފަ ނުލިޔާނެ ޚިޔާނަތެށް ނުކާ ނުބޯ އެއްޗެށް ވެއްޓިފަނެތް ތަނެށް ނެތް ދަރަންޏެށް ކަޑާފަ އެއްލާ ނުލެވޭ ވަޒީފާ އެށް ކޮބާ ބާއޭ ހިތަށް މިއަރަނީ ،،، އެހެން މީހަކާދިމާލަށް ސިއްރުގަވެސް އަދި ފާލުގަވެސް އިގިލި ދިއްކޮށްލާ ިރު ތިމާއާ ދިމާލަށް ކިތަށް އިގިލި ހުރިތޯ ބަލާބަލަ،، އެހެންވީމަ އަހަރުމެން މީހުނަށް އިގިލި ދިގުކުރަން ބޭނުން ނުވަނީ،،

ސާފު

އެންމެ އަޖައިބު ވާކަމަކީ މުއާޒް ޙަލީމް ބަންދުގަ ބެހެަްޓިވާހަކަ ނޫސްތަކުގަ ލިޔެވުނުގޮތަށް ބަންދުކުރިތާ 24ގަޑި އިރު ތެރޭ މުަޢާޒް ޙަލީމް ދޫކުރި ވާހަކަ ނުލިއެވި ރޮލާ ހުރި މިނީމަސްކާން މީހުނަށް ފުރުސަތް ދީގެންތޯ ނޫސްވެރިކަން ކުރެވެނީ،،،،، ތިކަން ކުރާބަޔަކަށް ތިކަމުން ލިބޭ ފައިދާ އަކީ ކޮބައިތޯ؟ އެހެންމީހުންގެ ފާފައިން ބަރުނުވެ ހެޔޮޢަމަލުން ބަރުކޮށްގެން އާޚިރަތް ކާމިޔާބް ކުރަން މަސައްކަތް ކުރިއްޔާ މާ ފަިދާވެފަ ކާމިޔާބް ވާނެނު..

ސާފު

ދަރަންޏަށް ލާރި ނަގާމީހުން ތިބީ ފަރުދާގެ ފުރަގަހުގަ ،،،،

އަވާ

އެތައް ރިސޯޓެއްގައި ބޮއެގެން ވެއްޓިގެން އުޅުނު މީނާ.. އެކަމަކު ކީއްކުރާނީ.. ސްޓާފުންނަށް މުޖުބޫރު ކޮއްގެންވިޔަސް ޕާޓީއަށް މެންބަރުން ހޯދާދޭވިއްޔަ. ދެން ރިސޯޓް އެންމެން ސޮއިކުރީމާ މީނާގެ ބޭނުން ކެނޑިގެން ކަނޑާލީ.

މީނަ އަކީ ބޮޑާ މީހެއް

މީނަ އަކީ އެހާމެ ބޮޑާ އަދި މީސް މީހުންގެ އަތުން ދަރަނަށް ލާރި ނަގައި އުޅޭ މީހެއް. މިހާރުވެސް އެތައް ބަޔަކަށް ލާރި ދޭން ޖެހޭ މީހެއް. މިކަލޭގެ ފުށުން އެންމެހައި މީހުން ސަލާމަތް ކުރައްވާށި. އާމީން

އެމްޑީއޭ

އެމްޑީގެ ކޯޑީނޭޓާރސް ހާދަޗޕް އޭދޯ . މީޑީއާ އައް ނޭންގުނަސް ހަމަ މެމްޑީ އޭގެ ކޯޑޯޏޭޓަރ އެއްވަނީ މައްޗަން ގޯޅީ ގެއެއްތެތެއިން އަންހެނަކާއެކު އޮއްވާ ޕޮލިހުން އުފިރާލާފަ. އެހިސާބުމީހުނައް އެގުނަސް މިކަން ވަނީ ޕޮލިހުން ވެސްސިއްރު ކޮއްފަ. އެ ރީހާން މިހާރު މީހަކާ އިނދެގެން އުޅުނަސް މީނަ މީ ފެންނަޙާ އަންހެނެއް ފަހަތުން ދުވާމީހެއް. މިކަހަލަ މީހުން އެމްޑީއޭގަ ބޭތިއްބުން މީ އެމްޑީ އޭއައް ވެސް ވިބޭ ހުތުރުނަމެއް.