MACI Build and Home Expo gai 40 farathakun baiverivejje
image
2014 ވަނަ އަހަރު ބޭއްވި މަސީ ބިލްޑް އެންޑް ހޯމް އެކްސްޕޯގެ ތެރެއިން
0 ކޮމެންޓް
 

މަސީ ބިލްޑް އެންޑް ހޯމް އެކްސްޕޯގައި 40 ފަރާތަކުން ބައިވެރިވެއްޖެ

މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓަރަކްޝަން އިންޑަސްޓްރީ (މަސީ) ގެ ބިލްޑް އެންޑް ހޯމް އެކްސްޕޯގައި މިހާ ތަނަށް 40 ފަރާތަކުން ބައިވެރިވެފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.
49 ސްޓޯލް ހިމަނައިގެން ތިން ދުވަހުގެ މުއްދަތަކަށް ދަރުބާރުގޭގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި އިވެންޓް ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 27ގައެވެ.

މި އިވެންޓުގައި ކޮންސްޓްރަކްޝަން ކުންފުނިތަކާއި، އާކިޓެކްޗަރުންނާއި ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުންވާ ސާމާނާއި ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން ބައިވެރި ވާނެ އެވެ.

މި އިވެންޓުގެ ޕްލެޓިނަމް ސްޕޮންސަރުންނަކީ އަމީން ބިލްޑްވެއާ، އެލިއާ ކޮންސްޓްރަކްޝަން އަދި ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން ކަމަށް މަސީ އިން ބުނެއެވެ.

ތިންކް އެޑްވަޓައިޒިން އިން އިންތިޒާމުކޮށްފައިވާ މި އިވެންޓު ކުރިއަށް ދާއިރު ކޮންސްޓަރަކްޝަން ދާއިރާއިން ރާއްޖެއަށް އަލަށް ތައާރަފު ކުރެވޭ ތަކެތި އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުވެސް ކުރިއަށް ދާނެ ކަމަށް މަސީ އިން ބުނެފައިވެއެވެ.

ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
މަސީ
ހިޔާލު