Aailaa Behey Courtge Gazee Ali Ibrahim Criminal Court ah Badhalu Koffi
image
އިބްރާހީމް އަލީ---
ފާތިމަތު ނިހާމާ
2 ކޮމެންޓް
 

އާއިލާއާއި ބެހޭ ކޯޓުގެ ގާޒީ އިބްރާހީމް އަލީ ކްރިމިނަލް ކޯޓަށް ބަދަލުކޮށްފި

އާއިލާއާ ބެހޭ ކޯޓުގެ ގާޒީ އިބްރާހީމް އަލީ ކްރިމިނަލް ކޯޓަށް ބަދަލު ކޮށްފިއެވެ.
ސީއެންއެމްއަށް އެނގިފައިވާ ގޮތުގައި އިބްރާހީމް އަލީ އެކޯޓަށް ބަދަލު ކުރަން ނިންމީ ޖުޑީޝަލް ސާވިސް ކޮމިޝަނުން މިދިޔަ ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައެވެ.

އިބްރާހީމް އަލީ ކްރިމިނަލް ކޯޓަށް ބަދަލު ކުރީ އަމިއްލައަށް އެދިގެން ކަމަށް މައުލޫމާތު ލިބެއެވެ.

ކްރިމިނަލް ކޯޓަށް ރަސްމީކޮށް އަލީ އިބްރާހިމް ނިކުމެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވަނީ މި އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ.

އިބްރާހީމް އަލީ އާއިލާއާއި ބެހޭ ކޯޓުގެ ގާޒީ ކަމަށް އައްޔަން ކުރައްވާފައިވަނީ 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު

މުހަންމަދު

އަނެއްކާ ކޮންކަމަކުބާ؟
ހައިކޯޓަށް ފައިނަގަން ކަންފަހިކުރަނީނޫންބާ؟
ކަންހިނގާގޮތަށްބަލާއިރު މިއީ މަތީކޯޓުކޯޓަށް އޮތް ހަރުފަތެއްކަމުގައި ބެލެވެއެވެ!

އަހުުމަދު

ތިކަން ތޮގޮތަށް ނިންމެވީ އަނެއްކާ އިސްފިރޭކޯޓުގެ ބަހެއްހޯދައިގެންތަ؟