Kureege Anbimeeha Birudhaka Blackmail kuri Massalagai Hayyaru Muazu Dhookohlaifi
image
މުއާޒު ހަލީމް--ފޮޓޯ: ފޭސްބުކް
4 ކޮމެންޓް
 

ކުރީގެ އަނބިމީހާ ބުލެކް މެއިލްކުރި މައްސަލާގަ ހައްޔަރުކުރި މުއާޒު ދޫކޮށްލައިފި

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ޔޫތު ކައުންސިލްގެ 'ކުރީގެ' ސެކްރެޓަރީ ޖެނެރަލް މުއާޒް ހަލީމް އޭނާގެ ކުރީގެ އަނބިމީހާ އަށް ބިރުދައްކާ ބްލެކް މެއިލް ކުރި މައްސަލައެއްގައި ހައްޔަރު ކުރުމަށް ފަހު ދޫކޮށްލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބްލެކް މެއިލް ކުރި މައްސަލައަކާއި ގުޅިގެން އައްޑޫ ސިޓީ ހިތަދޫއިން ހައްޔަރު ކުރި 33 އަހަރުގެ ފިރިހެން މީހާ ދޫކޮށްލާފައިވާ ކަމަށެވެ.

"މިމަހުގެ 18 ގައި ހައްޔަރުކޮށް 19 ވަނަ ދުވަހު އޭނަ ވަނީ ދޫކޮށްލާފަ. އޭނަ ދޫކޮށްލީ ތަހްގީގަށް އިތުރަށް ބަހައްޓަން ނުފެންނާތީ" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ސީއެންއެމްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުއާޒު ހައްޔަރު ކޮށްފައިވަނީ ކުރީގެ އަނބިމީހާގެ އަތުން ފައިސާ ހޯދުމަށް ބިރުދައްކާ ބުލެކް މެއިލް ކުރަމުންދާތީ ކުރީގެ އަންހެނުން ހުށަހެޅި މައްސަލައަކާއި ގުޅިގެންނެވެ.

މުއާޒު ހައްޔަރު ކުރި މައްސަލާގައި ސޯޝަލް މީޑިއާގައި މުއާޒަކީ އެމްޑީއޭގެ ޒުވާނުންގެ ގޮފީގެ ރައީސްކަމަށް ބުނަމުންދާތީ އެޕާޓީން އޭނާ މީގެ ތިން މަސްކުރިން ވަކިކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.

މުއާޒު އޭނާގެ ކުރީގެ އަނބިމީހާއަށް ގެވެށި އަނިޔާ ކުރާ މައްސަލަ އަންހެން މީހާ ކޯޓަށް ހުށަހެޅުމުން، މުއާޒު އެކަމަށް އެއްބަސް ވެފައިވާތީއާއި އެކަމުގެ ހެކި ލިބުމުން ކޯޓުން ވަނީ އެވަރި ނަގާދީފައެވެ.

ސީއެންއެމްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުއާޒުވަނީ ޖުމެއިރާ ދެވަނަ ފުށިންނާއި ޖޭއޭ މަނަފަރު ރިސޯޓުންނާއި ފޯސީޒަން ކުޑަހުރާ ރިސޯޓުންނާއި ސަންގްރިއްލާ މޯލްޑިވްސުންނާއި އަދި އޮޅުވެލި ރިޒީޓް އެންޑް ސްޕާއިން ވެސް އެކި މައްސަލަތަކުގައި ވަކި ކޮށްފައެވެ.

މީގެ ހަތަރުވަރަކަށް މަސްކުރިން މުއާޒު އޮޅުވެލިން ވަކިކޮށްފައި ވަނީ ޑިސިޕްލިން މައްސަލަ ތަކަކާއި ގުޅިގެންނެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު

އަބްޅޯ

ޚިޔާލު ސާފުވެފަ ތެދުވެރި ވެއްޖިއްޔާ ގިނަފަހަރު އެ ޚިޔާލު ނުފެންނާނެ، މި އީ ވަރަށް ބޮޑަށް ވިސްނާ ސަމާލުކަމަށް ގެންނަންޖެހޭ ކަމެއް،، ޚަބަރު ފަތުރާ ވަސީލަތް ވަރަށް ސާފު،،

ހައިފާ

ވަރަށް ތެދުވެރި ސާފު ޚަބަރު ފަތުރާނަމަ ތިބުނާ ބްލެކްމެއިލް އަކީ ހަމަޙަގީގަތެއްބާ،،،،

ޥޮނަބީ

އަޅެފަހެ އަޖާއިބެއް ނުވާނެތަ! ޒާތީ ހަސަދަ ފިލުވައިލަނީ ދޯ؟ މުއާގެ ކުރީގެ އަނބިމީހާގެ ވާހަކަ ނުޖެހީ ކީއްވެ؟ އޭނާގެ އެހީގައި ލިޔުނު ހަބަރަކަށް ވީމަ؟!! ހިތަދޫގެ ގިނަ މީހުންނަށް އިނގޭ އޭނަ ހަގީގަތް. ކޮންމެވެސް ދުވަހަކުން ފަޅައިން ދާނެ އަދި.
މަކަރާއި ހީލަތުންވެސް އިބްތިހާލަކަށް ނޫނީ ޒިޔާދާއަކަށް ވެވޭތޯ؟ އެހެންމީހުންގެ ހަމްދަރުދީ ލިބޭތޯ؟ އެއީ އަކީ ހެއްދެވި ފަރާތް ނޭނގޭ މީހަކަށް ވާނެ ކަމެއް ނޫން.

ޒޫނާ

ޙަޤީޤަތަކީ ހުށަހެޅުނު މައްސަލަ އަކީ އެއްވެސް އަސާސެއް ނެތް މައްސަލަ އެއްކަން. ތިޔަބުނާ އަނބިމީހާ ވަނީ ފިރިމީހާ އަށް ނޭނގި އެހެން ފިރިހެނަކާ ލޯބީގެގޮތުން ގުޅިފައި. ދަރިޔަށްޓަކައި ވިސްނަން ފުރުޞަތުދީ، ގޮތްދޫނުކުރުމުން ފިރިމީހާ ކޯޓުގައި ބުނެފައިވަނީ ހުށަހެޅުނު ކަންކަމަށް އިތުރަށް އިންކާރުކޮށް އޭނާ ހިފަހަައްޓަން ބޭނުންނުވާކަމަށް. މިއަންހެންމީހާ ކުރިން ކުރި ކައިވެނިވެސް ރޫޅާލީ ހަމަމިގޮތަށް ކޯޓަށް ގޮސް ގަދަކަމުން. އެއްފުޅައްމަތިން ފުންމާލި ބަކަރި ދެވަނަ ފުޅަައްމަތިންވެސް ފުންމާލީ. އަންހެންމީހާގެ މަންމަގެ އޮޕަރޭސަނަކަށް ތިޔަބުނާ މުއާޒު އަތުން ދަރަންޏަށް ނެގި ފައިސާ އަނބުރާ ރަަައްދު ކޮށްދިނުމަށް އެދުމުން ބުލެކްމެއިލް ކުރިކަމަށް ބުނެ ފުލުހަށް ދިޔަައީ. ލަދުވެސް ކުޑަަައީ!!!!!!