Sharapova bali kurumah fahu Serena Williams semi final ah
image
މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރި ސެރީނާ ވިލިއަމްސް -- ފޮޓޯ: އޭއެފްޕީ/ގެޓީ އިމޭޖަސް
އަހްމަދު ތޯއިލް
0 ކޮމެންޓް
 

ޝަރަޕޯވާ ބަލިކުރުމަށް ފަހު ސެރީނާ ވިލިއަމްސް ސެމީ ފައިނަލަށް

މާރިއާ ޝަރަޕޯވާގެ މައްޗަށް ޖެހިޖެހިގެން 18 ވަނަ ފަހަރަށް މޮޅުވެގެން އެމެރިކާގެ ސެރީނާ ވިލިއަމްސް އޮސްޓްރޭލިއާ އޯޕަންގެ ސެމީ ފައިނަލުން ޖާގައެއް ހޯދައިފިއެވެ.
އެންމެ ފަހުގެ ޗެމްޕިއަން ވިލިއަމްސް މި މެޗު ކާމިޔާބުކޮށްފައިވަނީ 6-4، 6-1 އަކުން ސެޓުތައް ގެންގޮސްގެންނެވެ. ވިލިއަމްސް މި މުބާރާތް ކާމިޔާބުކޮށްފިނަމަ މި މުބާރާތް ވެގެންދާނީ އޭނާގެ 22 ވަނަ ގްރޭންޑް ސްލޭމް އަށެވެ.

ރަޝިއާ އަށް ނިސްބަތްވާ ޝަރަޕޯވާ އަތުން ވިލިއަމްސް އެންމެ ފަހުން ބަލިވެފައިވަނީ މީގެ 12 އަހަރު ކުރިންނެވެ. ސެމީ ފައިނަލުގައި އޭނާ ކުޅޭނީ އަގްނިއެސްކާ ރަޑްވާންސްކާ އާ ދެކޮޅަށެވެ.

މި މުބާރާތުގެ ފިރިހެން ބައިން ޓޯމަސް ބާޑީކް ބަލިކުރުމަށް ފަހު ރޯޖާ ފެޑަރާ ވަނީ ސެމީ ފައިނަލުން ޖާގައެއް ހޯދާފައެވެ. ފެޑަރާ ސެމީ ފައިނަލަށް ދަތުރުކޮށްފައިވަނީ 7-6 (7-4)، 6-2، 6-4 އިން މެޗު ކާމިޔާބުކޮށްގެންނެވެ.

ޖުމްލަ 17 ފަހަރަށް ގްރޭންޑް ސްލޭމް ޗެމްޕިއަންކަން ހޯދާފައިވާ ފެޑަރާ ސެމީ ފައިނަލުގައި ބައްދަލުކުރާ ކުޅުންތެރިއާ ކަށަވަރުވާނީ ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިއާގެ މަގާމުގައި ހުރި ނޯވަކް ޖޮކޮވިޗް އާއި ހަތްވަނަ އަށް އެންމެ މޮޅު ޓެނިސް ކުޅުންތެރިއާގެ މަގާމުގައި ހުރި ކެއި ނިޝިކޯރީ ބައްދަލުކުރާ މެޗުގެ ނަތީޖާއިންނެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ޓެނިސް
ހިޔާލު