Maci Build And Home Expo Hulhuvaifi
image
މަސީ ބިލްޑް އެންޑް ހޯމް އެކްސްޕޯ ރައީސް ޔާމީން ހުޅުވައިދެއްވަނީ- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

މަސީ ބިލްޑް އެންޑް ހޯމް އެކްސްޕޯ ހުޅުވައިފި

މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓަރަކްޝަން އިންޑަސްޓްރީ(މަސީ) ގެ ބިލްޑް އެންޑް ހޯމް އެކްސްޕޯ ހުޅުވައިފިއެވެ.
ދަރުބާރުގޭގައި މީގެ ކުޑައިރުކޮޅެއް ކުރިން އެ އެކްސްޕޯ ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންއެވެ.

އެރަސްމިއްޔާތުގައި މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހް ވަނީ މަސީގެ ހިދުމަތުގެ އެންމެ މަތީ އެވޯޑް ރައީސް ޔާމީން އަށް އަރުވާފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖަނާހު ވިދާޅުވީ ރާއްޖެ އިގްތިސާދު މިހާރު ހުރީ ރަނގަޅު ޓްރެކްގައި ކަމަށާއި، ކޮންސްޓަރްކްޝަން އިންޑަސްޓްރީއަށް އަންނަނީ ކުރިއެރުންތައް ލިބެމުން ކަމަށެވެ.

"ސޮވެރެއިން ގެރެންޓީ ލިބިގެން ވަރަށް ބޮޑެތި މަސައްކަތްތައް މިއޮތީ ފެށިފައި. ގިނަ މަޝްރޫއުތައް ވަނީ ފަށައިފަ. މިއީ ތަރައްގީ އެންމެ ބާރު ސްޕީޑުގައި ކުރިއަށް ގެންދެވޭނެ ގޮތްކަން އަޅުގަނޑުމެން ގަބޫލުކުރަން،" ޖަނާހް ވިދާޅުވިއެވެ.


49 ސްޓޯލް ހިމަނައިގެން ތިން ދުވަހުގެ މުއްދަތަކަށް ދަރުބާރުގޭގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ އެ އެކްސްޕޯގައި ކޮންސްޓްރަކްޝަން ކުންފުނިތަކާއި، އާކިޓެކްޗަރުންނާއި ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުންވާ ސާމާނާއި ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން ބައިވެރި ވާނެ އެވެ.

އެ އިވެންޓުގެ ޕްލެޓިނަމް ސްޕޮންސަރުންނަކީ އަމީން ބިލްޑްވެއާ، އެލިއާ ކޮންސްޓްރަކްޝަން އަދި ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން އެވެ.

ތިންކް އެޑްވަޓައިޒިން އިން އިންތިޒާމުކޮށްފައިވާ އެ އިވެންޓު ކުރިއަށް ދާއިރު ކޮންސްޓަރަކްޝަން ދާއިރާއިން ރާއްޖެއަށް އަލަށް ތައާރަފު ކުރެވޭ ތަކެތި އިފްތިތާހު ކުރެވޭނެއެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
މަސީ
ހިޔާލު