Raajjeyge iqthisaadhu mihaaruvanee rangalhu faaleggai : Janaah
image
0 ކޮމެންޓް
 

ރާއްޖޭގެ އިގްތިސާދު މިހާރުވަނީ ރަނގަޅު ފާލެއްގައި: ޖަނާހު

ރާއްޖޭގެ އިގްތިސާދު މިހާރު އޮތީ ރަނގަޅު ފާލެއްގައިކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްްޝަން އިންޑަސްޓްރީ (މަސީ)ގެ ރައީސް މުހައްމަދު އަލީ ޖަނާހު މިއަދު ވިދާޅުވެއްޖެ އެވެ.
މަސީން އިންތިޒާމް ކޮށްގެން ބޭއްވި ބިލްޑް އެންޑް ހޯމް އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖަނާހު ވިދާޅުވީ އިގްތިސާދު ރަނގަޅުވުމުގެ ސަބަބުން ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާކަމަށެވެ. އަދި މި ތަރައްގީއާއެކު އިގްތިސާދީ މަސައްކަތްތައް މިހާރު ކުރިއަށްގެންދަނީ އެންމެ ހަލުވި ދުވެލީގައި ނިންމޭނެ ގޮތަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ސޮވެރިން ގެރެންޓީ ލިބިގެން ވަރަށް ބޮޑެތި މަސައްކަތްތައް މިއޮތީ ފެށިފައި. ގިނަ މަޝްރޫއުތައް ވަނީ ފަށާފައި. މިއީ ތަރައްގީ އެންމެ ބާރު ސްޕީޑުގައި ކުރިއަށް ގެންދެވޭނެ ގޮތްކަން އަޅުގަނޑުމެން ގަބޫލު ކުރަން،" ޖަނާހް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ތަރައްގީގެ ބައިވެރިއެއްގެ ގޮތުގައި ކޮންސްޓްރަކްޝަން ދާއިރާ އަބަދުވެސް އޮންނާނެ ކަމަށެވެ. ސަރުކާރުން ހިންގާ އެންމެ ބިޔަ އެއް މަޝްރޫއު ކަމަށްވާ މާލެ-ހުޅުލެ ބްރިޖްގެ މަސައްކަތަށް އިޝާރާތް ކުރައްވަމުން ޖަނާހް ވިދާޅުވީ އެ މަސައްކަތް ކާމިޔާބު ވެއްޖެ ނަމަ ވަށައިގެން ހުންނާނީ މުޅިންވެސް މިފަދަ ބްރިޖްތައް ކަމަށެވެ.

މި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭ ދެކުނު ފަރާތުގައި ހިއްކާ އިންޑަސްޓްރިއަލް ވިލެޖުގައި ރެޑީ މިކްސް ކޮންކްރީޓްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން މިއަހަރު ތެރޭ އިއުލާން ކުރައްވާނެކަމަށެވެ.

މި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި އެކްސްޕޯ މެދުވެރިކޮށް ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގެ ކުރިއެރުންތައް ފެނިގެންދާނެ ކަމަށެެވެ. ކޮންސްޓްރަކްޝަން ދާއިރާއާ ގުޅުން ހުރި މަސައްކަތްތައް ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މި އަހަރުގެ ތެރޭގައި މާލޭގެ ދެކުނު ފަރާތުގައި ހިއްކާ އިންޑަސްޓްރިއަލް ވިލެޖުގައި ރެޑީ މިކްސް ކޮންކްރީޓްގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

ދަރުބާރުގޭގައި ތިން ދުވަހުގެ މުއްދަތަށް ޖުމްލަ 49 ސްޓޯލާއެކު ފެށުނު މި އެކްސްޕޯ ހުޅުވައިދެއްވާފައިވަނީ ރައީސް އަބްދުﷲ ޔާމީނެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު