Murray bali kurumah fahu Djokovic champion kan hoadhaifi
image
ޖޮކޮވިޗް މުބާރާތުގެ ތަށި ހިއްލާލަނީ -- ފޮޓޯ: ރިއުޓާސް
އަހްމަދު ތޯއިލް
0 ކޮމެންޓް
 

މުރޭ ބަލިކުރުމަށް ފަހު ޖޮކޮވިޗް ޗެމްޕިއަންކަން ހޯދައިފި

އޮސްޓްރޭލިއާ އޮޕަންގެ ފައިނަލުގައި އިނގިރޭސިވިލާތުގެ އޭންޑީ މުރޭ ބަލިކުރުމަށް ފަހު ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިއާ ނޯވަކް ޖޮކޮވިޗް ޗެމްޕިއަންކަން ހޯދައިފިއެވެ.
އުމުރުން 28 އަހަރުގެ ސާބިއާ ކުޅުންތެރިއާ މި މެޗު ކާމިޔާބުކޮށްފައިވަނީ 6-1، 7-5، 7-6 (7-3) އިން މެޗުގެ ސެޓުތައް ގެންގޮސްގެންނެވެ.

މިއީ ޖޮކޮވިޗް މި މުބާރާތް ކާމިޔާބުކުރި ހަވަނަ ފަހަރެވެ. އެއާއެކު އޭނާ ވަނީ އޮސްޓްރޭލިއާގެ ރޯއީ އެމާސަން ހަދާފައިވާ ރެކޯޑާ އެއްވަރުކޮށްފައެވެ. އަދި އޭގެ އިތުރުން އޭނާ ވަނީ ބިޔޯން ބޯގް އާއި ރޮޑް ލޭވާ ހޯދާފައިވާ 11 ގްރޭންޑް ސްލޭމް އާ އެއްވަރުކޮށްފައެވެ.

މި މެޗުން މުރޭ ބަލިވުމާއެކު އޭނާ ވަނީ އޮސްޓްރޭލިއާ އޮޕަންގެ ފައިނަލުގައި އޭނާ ކުޅުނު ފަސް ފަހަރުވެސް ބަލިވެފައެވެ. މުރޭ ވަނީ މި މުބާރާތުގެ ފައިނަލުގައި ޖޮކޮވިޗް އާ ދެކޮޅަށް ހަތަރު ފަހަރު ކުޅެފައެވެ.

"އަހަރެން އެބަޖެހޭ މުރޭ އަށް އިހުތިރާމް އަދާކުރަން. އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފައި. މިރޭ ހަމަ އޭނާގެ ނަސީބު ދެރަވީ،" މެޗަށް ފަހު ވާހަކަ ދައްކަމުން ޖޮކޮވިޗް ބުންޏެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ޓެނިސް
ހިޔާލު