Games gai vaadha kurumah Gaumee tennis team furaifi
image
ގޭމްސް އަށް ފުރުމުގެ ކުރިން ޓެނިސް އެސޯސިއޭޝަނުގެ ރައީސާއެކު ކުޅުންތެރިން ފޮޓޮއަކަށް ހުއްޓިލައިގެން -- ފޮޓޯ: ޓެނިސް އެސޯސިއޭޝަން
އަހްމަދު ތޯއިލް
0 ކޮމެންޓް
 

ގޭމްސްގައި ވާދަކުރުމަށް ގައުމީ ޓެނިސް ޓީމް ފުރައިފި

މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ 12 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރަން ގައުމީ ޓެނިސް ޓީމް ފުރައިފިއެވެ.
އިންޑިއާގެ ގުވަހާޓީ އަދި ޝިލޮންގްގައި ކުރިއަށް ގެންދާ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރާ ޓެނިސް ޓީމުގައި ހިމެނެނީ ހަތަރު ފިރިހެން ކުޅުންތެރިންނާއި އެއް އޮފިޝަލެކެވެ.

މި މުބާރާތުގައި ވާދަކުރާ ދިވެހި ޓެނިސް ކުޅުންތެރިންނަކީ އަބްދުﷲ ފާއިހް ފަޒީލް އާއި އަލީ ފާރިސް މުހައްމަދާއި އަހްމަދު ސާއި ވަހީދު އަދި ހުސެއިން ރަބީއު މުހައްމަދެވެ. ޓީމުގެ މެނޭޖަރެއްގެ ގޮތުގައި ގޭމްސް އަށް ފުރީ ދިވެހި ޓެނިސް އެސޯސިއޭޝަނުގެ އެކްސްކޯ މެންބަރު އިބްރާހިމް ރަޝީދެވެ.

މިފަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ޓެނިސް އިވެންޓުގައި ޓީމް އިވެންޓެއް ހިމަނާފައި ނެތުމުން ދިވެހި ކުޅުންތެރިން ވާދަކުރާނީ ސިންގަލްސް އަދި ޑަބަލްސްގެ މެޗުތަކުގައެވެ.

ގޭމްސްގެ ޓެނިސް އިވެންޓުތައް ފަށާނީ އަންނަ އާދިއްތަ ދުވަހުގައެވެ. މިބައި ކުރިއަށް ދާނީ ގުވަހާޓީގައެވެ.

ގޭމްސް އަށް ފަހު ދިވެހި ޓެނިސް ޓީމް އެނބުރި ރާއްޖެ އަންނާނީ މި މަހުގެ 14 ވަނަ ދުވަހުގައެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު