Judiciary Ge Muvazzafunge Musara ai Inaayatha Muraajaa kurany
image
ސްޕްރީމް ކޯޓް:ފޮޓޯ:ޑީޖޭއޭ
ފާތިމަތު ނިހާމާ
5 ކޮމެންޓް
 

ޖުޑީޝަރީގެ މުވައްޒަފުންގެ މުސާރައާ އިނާޔަތްތައް މުރާޖާ ކުރަނީ

ކުރިއަށް އޮތް ދެއަހަރަށް ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާގެ އެކްޝަން ޕްލޭންގައި ފަނޑިޔާރުންނާއި ކޯޓް ތަކުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް މުރާޖާ ކުރަން ނިންމައިފިއެވެ.
މި ދިޔަ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު ބޭއްވުނު ފަނޑިޔާރުންގެ މަޖިލިހުގެ ބައްދަލުވުމުގައި އެކްޝަން ޕްލޭން ފައިނަލް ކޮށްފައިވާއިރު އެ ޕްލޭންގައި ވަޒީފާގެ ކުރިއެރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ހިމަނާފައި ވެއެވެ. އަދި ލިވިން އެލަވެންސަށް 40 މިލިއަނަށްވުރެ ގިނަ ރުފިޔާ ހިމަނާފައި ވެއެވެ.


ޝަރުޢީ ދާއިރާގެ އެކްޝަން ޕްލޭން 2016-2017

މިއަހަރުގެ ބަޖެޓް ހިސާބުތަކުން ދަށްކާ ގޮތުގައި ޝަރުއީ ދާއިރާގައި 1891 މީހަކު ވަޒީފާ އަދާކުރާއިރު އެމީހުންގެ މުސާރައަށް 333 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބަޖެޓްގައި ހިމަނާފައި ވެއެވެ.


2016 ގެ ޖުޑީޝަރީގެ ހަރަދު (ކ-ވ) ރިކަރެންޓް، ކެޕިޓަލް އަދި ޓޯޓަލް--

ދެ އަހަރު ދުވަހަށް ކަނޑައަޅާފައިވާއެކްޝަން ޕްލޭނުގައި، ޝަރުއީ ދާއިރާގެ ތަރައްގީގެ ޕްރޮގްރާމްތަކާއި ހަރަކާތްތައް ފޯކަސް ކުރާނެ މައިގަނޑު ހަތަރު ދާއިރާއެއް ބަޔާން ކޮށްފައި ވެއެވެ.

އެ ދާއިރާތަކަކީ ރައްޔިތުންނަށް އަދުލުގެ ނިޒާމަށް ފަސޭހައިން ވާސިލު ވެވޭނެ އަދި ފަސޭހައިން އަދުލުއިންސާފުގެ ހައްގު ހޯދޭނެ މަގުފަހި ކޮށްދިނުމަށް ޓަކައި އަޅާނެ ފިޔަވަޅުތަކުގެ ދާއިރާ އާއި ޝަރީއަތް ކޮށް އަދުލުއިންސާފު ގާއިމު ކުރުމުގެ މަސައްކަތް ހަލުވި ކޮށް އެ މަސައްކަތުގެ ފެންވަރު ރަނގަޅު ކުރުމަށް ޓަކައި އަޅާނެ ފިޔަވަޅުތަކުގެ ދާއިރާ އާއި، ޝަރުއީ ދާއިރާ ޖަވާބުދާރީ ކުރުވުމާއި ޝަރުއީ ދާއިރާގެ މިނިވަންކަމާއި ނަޒާހަތްތެރިކަމާއި ޒިންމާދާރުކަން ރައްކާތެރި ކޮށް ކަށަވަރު ކުރުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ޓަކައި އަޅާނެ ފިޔަވަޅުތަކުގެ ދާއިރާ ވެސް ހިމެނެއެވެ.

އޭގެ އިތުރުން ޖިނާއީ އަދުލުގެ ނިޒާމުގައި ޝާމިލު ވާ އެކިއެކި މުއައްސަސާތަކުގެ ގުޅުމާއި އެއްބާރުލުން ވަރުގަދަ ކުރުމުގެ ގޮތުން އަޅާނެ ފިޔަވަޅުތަކުގެ ދާއިރާ ހިމަނާފައި ވެއެވެ.

ޝަރުއީ ދާއިރާގެ އެކްޝަން ޕްލޭނުގައި ހިމެނޭ ހަރަކާތްތަކާއި ޕްރޮގްރާމުތައް ކުރިއަށް ގެންދެވޭނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން ކަމަށާއި އެ ހަރަކާތްތަކާއި ޕްރޮގްރާމްތައް ހިންގުމުގައި އިސްވެ ހަރަކާތްތެރި ވާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި(ޑީޖޭއޭ) ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން ކަމަށް ޑީޖޭއޭއިން ބުނެއެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު

މުސްހަދު

ބޮޑުމުސާރަދީގެން ތެދުވެރިވާނެ ނަމަ މިގައުމުގެ ގާޟީން ރަނގަޅުވާނެ. ބުރަކޮށް މަސައްކަތް ކުރާ ސިވިލް ސާރވަންޓުންނަށް މުސާރަ ބޮޑުކުރުން މާ މުހިންމު.

ހަސަން އަލީ

ހެޔޮނުވާނެ ތިކަން ނުކުރައްވާ.

އަޙުމަދު

މުސާރައިގެ ކުރިއެރުމުގެ އެލަވަންސްއަކީ 2013 އޮކްޓޯބަރު މަހުން ފެށިގެން ކޮންމެ އަހަރަކު ދެމުން ގެންދިޔަ އެލަވަންސެއް. ލިވިންގ އެލަވަންސަކީ 2015 ވަނައަހަރުން ފެށިގެން ދެމުން ގެންދާ އެލަވަންސެއް. އިމްޕިމެންޓް ވެފަ ހުރިކަންތައްވެސް ތިމާ ކުރާ ކަމެއް ކަމުގައި ދެއްކުމަކީ އޮޅުވާލުން

މުހަންމަދު

ޖޫޑީޝިއަރީގެ މުވައްޒިފުން ފޮނިކޮށްލާފަ، އާހެދުމެއްލެއްވިނަމަވެސް ތިތަންސާފުވާނީ އެއްކޮށްދޮވެ ލަކާއިވަސް ފިލުވުމުން.

ޛދޖ

މިދެން އަރަތެއްތަ؟ ކޮބާ އެހެން ސަރުކާރު މުވައްޒަފުންގެ މުސާރަ. މެޖިސްޓްރޭޓް ކޯޓް ތަކަކީ ރަމްޒީ މަގާމުތަކެއް ފަދަ. މައްސަލައެއް ނޯވޭ. ބޮޑު މުސާރަ ނަގައިގެން ހަމަ ތިބެނީ