Tennis event in Faris quarter final ah
image
އަހްމަދު ތޯއިލް
0 ކޮމެންޓް
 

ޓެނިސް އިވެންޓުން ފާރިސް ކުއާޓާ ފައިނަލަށް

އިންޑިއާގައި ކުރިއަށް ދާ ސައުތު އޭޝިއަން ގޭމްސްގެ ޓެނިސް އިވެންޓުގައި މިއަދު ކުޅުނު މެޗު ކާމިޔާބުކުރުމަށް ފަހު ރާއްޖޭގެ މުހައްމަދު ފާރިސް ކުއާޓާ ފައިނަލުން ޖާގައެއް ހޯދައިފިއެވެ.
ފާރިސް މި މެޗު ކާމިޔާބުކުރީ އަފްގާނިސްތާނުގެ އަސަދުﷲ ކަބީރާ ވާދަކޮށް 5-7، 4-6 އަދި 6-4 އިން ސެޓުތައް ގެންގޮސްގެންނެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގައި ފާރިސް މާދަމާ ނުކުންނާނީ ލަންކާގެ ޑިސަނަޔަކޭއާ އާ ދެކޮޅަށް ކުޅުމަށެވެ.

މިއީ މި ސަރަހައްދަތުގެ މުބާރާތެއްގައި ޓެނިހުން ރާއްޖޭގެ ކުޅުންތެރިއަކު ހޯދި އެންމެ ރަނގަޅު ކާމިޔާބީއެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު