Quarter final in Faaris bali vejje
image
މުބާރާތުގައި ފާރިސް ކުޅެނީ -- ފޮޓޯ: ޕީއެސްއެމް
އަހްމަދު ތޯއިލް
0 ކޮމެންޓް
 

ކުއާޓާ ފައިނަލުން ފާރިސް ބަލިވެއްޖެ

އިންޑިއާގައި ކުރިއަށް ދާ ސައުތު އޭޝިއަން ގޭމްސްގެ ޓެނިސް އިވެންޓުގެ ކުއާޓާ ފައިނަލުގައި މިއަދު ސްރީ ލަންކާގެ އެއްވަނަ ކުޅުންތެރިއާ ޑިޝަނަޔަކާ އާ ވާދަކޮށް ރާއްޖޭގެ ޓެނިސް ކުޅުންތެރިއާ މުހައްމަދު ފާރިސް ބަލިވެއްޖެ އެވެ.
ގުވަހާޓީގައި މިއަދު ހެނދުނު ކުޅުނު މެޗުން ފާރިސް ބަލިވީ ސީދާ ދެ ސެޓުންނެވެ. ޑިޝަނަޔަކާ މި މެޗުގެ ސެޓުތައް ގެންގޮސްފައިވަނީ 6-1 އަދި 6-0 އަކުންނެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލުން ފާރިސް ޖާގައެއް ހޯދިއިރު މިއީ ރާއްޖޭގެ ޓެނިސް ކުޅުންތެރިއަކު ސަރަހައްދީ މުބާރާތެއްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.

އޭނާ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައިވަނީ އަފްގާނިސްތާނުގެ އަސަދުﷲ ކަބީރާ ވާދަކޮށް 5-7، 4-6 އަދި 6-4 އިން އިއްޔެ މޮޅުވުމަށް ފަހުގައެވެ.

ސައުތު އޭޝިއަން ގޭމްސް ނިންމާލާނީ އަންނަ އަންގާރަ ދުވަހުގައެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު