New ge captain akah Hokey, vice captain nunnah Riley adhi Niyaa
image
0 ކޮމެންޓް
 

ނިއުގެ ކެޕްޓަނަކަށް ހޮކޭ، ވައިސް ކެޕްޓަނުންނަށް ރިލޭ އަދި ނިޔާ

[vc_row][vc_column][vc_column_text]ކުރިއަށް އޮތް ދިވެހި ފުޓްބޯޅަ ސީޒަނުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކެޕްޓަނަކަށް މުހައްމަދު ރަޝީދު (ހޮކޭ) ހަމަޖެއްސިއިރު ދެ ވައިސް ކެޕްޓަނުންގެ ގޮތުގައި ރިލްވާން ވަހީދު (ރިލޭ) އާއި އަހްމަދު ނިޔާޒް (ނިޔާ) ހަމަޖައްސައިފިއެވެ.

ނިއުގެ ކެޕްޓަނާއި ވައިސް ކެޕްޓަންކަން މި ތިން ކުޅުންތެރިންނަށް ދީފައިވަނީ އޭއެފްސީ ކަޕްގައި ސިންގަޕޫރުގެ ބެލެސްޓިއާ ޚަލްސާ އާ ދެކޮޅަށް ނިއު އިން މާދަމާ ކުޅޭ މެޗުގެ ކުރިން ބޭއްވި ފަހު ފަރިތަކުރުންތަކުގައެވެ.

ނިއު ރޭޑިއަންޓްގެ ކެޕްޓަންކަން ހޮކޭ އަށް ދިން އިރު މިދިޔަ އަހަރުގެ ޖެނުއަރީ މަހު ނިއު ރޭޑިއަންޓާއި ސިންގަޕޯ ލަޔަންސާ ބައްދަލުކުރި މެޗުގައި ލަޔަންސާ ކުޅުންތެރިއެއްގެ ކަރަށް ފައިން އެރުމުން އޭނާ ވަނީ ހަ މެޗަށް ސަސްޕެންޑްކޮށް 15،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

އޭނާ ސަސްޕެންޑްކުރުމާއެކު 2018 ވަނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑް ކަޕަށް ކޮލިފައިވުމަށް އޭޝިއާ ބައްރުގައި ރާއްޖެ ކުޅުނު މެޗުތަކުގައި އޭނާ އަކަށް ބައިވެރިއެއް ނުވެވުނެވެ.

އަދި އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ވިކްޓްރީ ސްޕޯޓްސްގެ ކުޅުންތެރިއަކަށް ހަމަލާދިނުމުން ރިލޭ ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ދެ މެޗަށް ސަސްޕެންޑްކޮށް 4000 ރުފިޔާ އިން ޖޫރިމަނާކޮށްފައެވެ.

ބެލެސްޓިއާ އާ ދެކޮޅަށް ނިއުއިން މާދަމާ ނުކުންނައިރު މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ހޮކޭ ބުނީ ސަޕޯޓަރުންގެ އެހީތެރިކަމާއެކު މި މެޗުގައި ރަނގަޅު ފައިޓެއް ދޭނެ ކަމަށެވެ.

“އަބަދުވެސް ހޯޕް އިންނާނެ،” އޭނާ ބުންޏެވެ. “ޓީމުގެ އެންމެ މުހިންމު އެއް ބަޔަކީ ސަޕޯޓަރުން. ސަޕޯޓްކުރި ވަރަކުން އަހަރެމެންނަށް ހިތްވަރު ލިބޭނީ.”

ބެލެސްޓިއާ އާ ދެކޮޅަށް ނިއު އިން ނުކުންނަ މެޗުގެ ކުރިން ބޭއްވި ފަހު ފަރިތަކުރުންތަކުގައި އެ ޓީމުގެ ކެޕްޓަނުންނާއި ވައިސް ކެޕްޓަނުން އިއުލާންކުރިއިރު އެ ޓީމުގެ ކުރީގެ ޑިފެންޑަރު އަހްމަދު ނިޔާޒް ވަނީ ފުޓްބޯޅަ ޑިރެކްޓަރަކަށް ހަމަޖައްސާފައެވެ.

އަދި އޭގެ އިތުރުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިއާ ހަސަން ސާއިދު އަށް ވަނީ މާދަމާގެ މެޗުގެ ވީއައިޕީ ޓިކެޓެއްވެސް ދީފައެވެ.[/vc_column_text][/vc_column][/vc_row]
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު