Kandumathin Fenunee Filan Ulhun Bidheysee Eh: Police
image
1 ކޮމެންޓް
 

ކަނޑުވެފައިވަނިކޮށް ފެނުނު ބިދޭސީއަކީ ފިލަން އުޅުނު މީހެއް: ޕޮލިސް

ށ. އަތޮޅު ކަނޑުމަތިން އިއްޔެ ފެނުނު ބިދޭސީ މީހާއަކީ އެމީހާގެ ސްޕޮންސަރ އަށް ފިލައިގެންދާން މަސައްކަތް ކުރަމުންދިޔަ މީހެއްކަން ތަހުގީގަށް މިހާތަނަށް ވަނީ ފާހަގަކުރެވިފައެވެ.
ށ. ހިރުބަދޫއާއި ދިމާ ހުޅަނގުން ދެ މޭލެއްހާ ބޭރުން ކަނޑުމަތިން އެ މީހާ ފެނުނީ ޑިންގީއެއްގައި އެސަރަޙައްދަށް ވަދާ ނުކުމެ އުޅުނު ބަޔަކަށެވެ.

އިއްޔެގެ ވަގުތެއްގައި އެމީހާ ފުނަދުއަށް ގެންގޮސްފައިވާއިރު، ފުލުހުން ބުނީ ބަނގްލަދޭޝް އަށް ނިސްބަތްވާ އެ މީހާ ހުސްވި ހަފްތާގައިވެސް ފިލާފައިވާކަމަށެވެ.

ރިޒޯޓެއްގެ ގޮތުގައި ށ. އަތޮޅުގައި ތަރައްޤީ ކުރަމުންދާ ކަނބާލި ފަރުގައި މަސައްކަތްކުރާ އެމީހާ ފިލައިހެން އުޅެނިކޮށް، ރާއްޖެ ގެނެސްފައިވާ ފަރާތުން އެމީހާ ހޯދައިގެން މަސައްކަތްކުރާ ރަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ.

"އެއަށްފަހު ދެ ވަނަ ފަހަރަށް އޭނާ ފިލައިގެން ގޮސްފައިވާކަން މިމަހުގެ އަށް ވަނަ ދުވަހު، އޭނާ ރާއްޖެ ގެނެސްފައިވާ ފަރާތުން ފުލުހުންނަށްވެސް ވަނީ ހުށަހަޅާފައެވެ،" ފުލުހުން ބުންޏެވެ.

ދެ ވަނަ ފަހަރަށް އޭނާ ފިލާފައިވާކަމަށް ރިޕޯޓްކުރުމާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ށ. އަތޮޅުގެ ރަށްރަށުގެ ޕޮލިސް ސްޓޭޝަންތައް މެދުވެރިކޮށްވެސް ކުރިއަށް ދިޔަކަމަށް ފުލުހުން މައުލޫމާތުދެއެވެ.

"މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި އޭނާ މާކަނޑަށް ނުކުމެ މަސައްކަތް ކުރަމުންދިޔައީ ފިލައިގެން ކޮންމެވެސް އެހެން ރަށަކަށް ދާށެވެ،"

ފުލުހުން ބުނީ އެމައްސަލައާއި އަދި މައްސަލައާ ގުޅުންހުރި ކަންތައްތައް ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުން އިތުރަށް ތަޙްޤީޤު ކުރަމުންދާކަމަށެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު

ހަޖަމިއްޔާ

ފިލާކަށެއް ނޫން. އެއްވެސް މީހަކު ބޭނުމެއްނުވާނެ އަޅުދާސްތުވެގެން، ކުރާ މަސައްކަތަށް 6 މަހު މުސާރަނުލިބި އުޅޭކަށެއް. މިފަދަ ކަންތައްކުރާ މީހުންނަށް ހަރުކަށި އަދަބުދޭންޖެހޭ.