Gaddafi ah fahu Libya ge haalathah thayyaaru nuvevumaky bodu kusheh: Obama
image
2 ކޮމެންޓް
 

ގައްޒާފީ އަށް ފަހު ލީބިޔާގެ ހާލަތަށް ތައްޔާރު ނުވެވުމަކީ ބޮޑު ކުށެއް: އޮބާމާ

ލީބިޔާގެ ކުރީގެ ލީޑަރު މުއައްމަރު ގައްޒާފީގެ ވެރިކަން ވައްޓާލުމަށް ފަހު އެގައުމު އޮންނާނެ ހާލަތަށް ތައްޔާރު ނުވެވުމަކީ އެމެރިކާގެ ރައީސްކަމުގައި ހުންނަވައިގެން ކުރެވުނު އެންމެ ބޮޑު ކުށް ކަމުގައި ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.
ފޮކްސް ނިއުސް އަށް ދެއްވި އިންޓަވިއު އެއްގައި އޮބާމާ ވިދާޅުވީ ލީބިޔާގެ ދާހިލީ މަސްރަހަށް ތައްޔާރު ނުވެވުމަކީ ކުރެވުނު ދެރަ ކަމެއް ނަމަވެސް، ގައްޒާފީގެ ވެރިކަން ވައްޓާލަން ކުރީ ރަނގަޅު މަސައްކަތެއް ކަމަށެވެ.

ގައްޒާފީއާ ދެކޮޅަށް ލީބިޔާގެ ރައްޔިތުން ތެދުވުމުން އެމެރިކާ އާއި އެހެން ބައެއް ގައުމުތަކުން ވަނީ އާއްމުން ރައްކާތެރި ކުރަން ކަމަށް ބުނެ 2011 ވަނަ އަހަރު ވައިގެ ހަމަލާތަކެއް ދީފަ އެވެ.

ގައްޒާފީ އަވަހާރަވުމާއެކު ލީބިޔާގައި ވަނީ ހަމަނުޖެހުން ބޮޑުވެ، ވާދަވެރި ފަރާތްތަކުން ހަތިޔާރާއެކު ހަމަލާ ބަދަލު ކުރަން ފަށާފަ އެވެ.

އެގޮތުން ވާދަވެރި ދެ ސަރުކާރަކާއި، ދެ ޕާލިމެންޓަކުން ވެރިކަން ކުރަން ފެށުމާއެކު، ދާހިލީ ހަމަނުޖެހުންތަކުގެ ތެރެއިން އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ ލީބިޔާ އަށް ވަދެގަނެފަ އެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު

ނޯޓު

ދިވެހި ރާއްޖެއަށްވެސް ތިހެން ތި އެމެރިކާ މީހުން ހަދަން ބޭނުންވަނީ. ރައްޔިތުން ބޭނުންވެގެންނޭ ކިޔާފަ.

އަހުމަދު

މިއީ ވެރިންނަކީ. ކުށެއް ކުރެވުނަސް އެކަމަށް އެއްބަސްވުން. މިރާއްޖޭގެ ހާލަތަކީ އެކުއް ގަބޫލު ނުކުރުން. ދެން ކޮން އިސްލާހެއް ވާނީ!!!