Feevaku Magistrate Banbukeyo Gahakun Vetti bodethi aniyaa vejje
image
5 ކޮމެންޓް
 

ފީވަކު މެޖިސްޓްރޭޓް ބަނބުކެޔޮ ގަހަކުން ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބިއްޖެ

ށ. ފީވަކު ކޯޓުގެ މެޖިސްޓްރޭޓް އަބްދުއް ރަޝީދު އަލީ ބަނބުކެޔޮ ގަހަކުން ވެއްޓި ވަރަށް ބޮޑަށް އަނިޔާވެއްޖެއެވެ.
ފީވަކު ކައުންސިލްގެ މެންބަރަކު ސީއެންއެމްއަށް މައުލޫމާތު ދެމުން ވިދާޅުވީ މިއަދު ހެނދުނު 10 ޖަހާކަން ހާއިރު ހިނގި މިހާދިސާގައި އަބްދުއް ރަޝީދަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ.

އެގޮތުން އަބްދުއް ރަޝީދުގެ ވައަތުގެ 3 ތަނަކުން ކަށިގަނޑު ބިންދައިގެން ގޮސް މޭ ކަށިގަނޑުވެސް ބިންދައިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ގައިގެ އެކި ތަންތަނުން މަށައިގެން ގޮސް ވަރަށް ބޮޑަށް ޒަހަމް ވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"40 ނުވަތަ 50 ވަރަކަށް ފޫޓު ގަހުގައި ހުންނާނެ. ތިން ގޮފިގަނޑެއްގަ ޖެހިފަ ވެއްޓުނީ އިންފާރު މައްޗަށް" އެ ރަށުން ވާހަކަ ދެއްކި ކައުންސިލް މެންބަރު ވިދާޅުވިއެވެ.

އަބްދުއް ރަޝީދަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ ހދ. ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންދެވިފައެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ށ އަތޮޅު
ހިޔާލު

ސާމީ

"ލިބޭހައި ދެރަކަމެއް ދުނިޔޭން ޤަޟާ ޤަދަރާ މަތިކޮށްފައި
ތިބޭއިރު ކުށް ނުވާކަމުގައި ހިތާކަށްވާ ނުވެސްވާނޭ"

ފޯކައިދޫ ގާޒީ

ދެން ގާޒީން ބަނބުކެޔޮ ގަހައްވެސް އަރާތަ.

ބެއްޔާ

މިފަދަ ކަންތައްތައް މެދުވެރިކުރައްވަނީ ހަމަ އުޅެވޭގޮތަކުން އިސްލާހު ވުމަށް ފުރުސަތު ދިނުމުގެ ބޭނުމުގައި. ވިސްނާ ފިކުރުކުރާ ބަޔަކަށް މިކަމުންވެސް އިބްރަތެއް ހާސިލްވާނެއެވެ.

Rashumeeha

Thi babukeyogas vaguthun hayyaru kurumah govaalan. . Adhi 7 dhuvahah dhoonidhoo ga bahattan feney

އަޒުރާ

4އެލަވަންސާ މުސާޜާ ލިބޭއިރުވެސް މީޙަކު އަރުވައިގެނެއް ނުވޭ