Europe ge fas gaumakun tax nudhakkaa faraaithakuge nan haamakuran nimmaifi
image
އަހްމަދު މިޒްޔާލް
0 ކޮމެންޓް
 

ޔޫރަޕުގެ ފަސް ގައުމަކުން ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރަނީ

ޕެނަމާ ޕޭޕާސް ލީކްވުމާ ގުޅިގެން ޔޫރަޕުގެ ފަސް ގައުމަކުން އެގައުމުތަކުގައި ޓެކްސް ނުދައްކާ ވިޔަފާރިކުރާ ފަރާތްތަކުގެ ނަންތައް ހާމަކުރަން ނިންމައިފިއެވެ.
އެގޮތުން ޓެކްސް ނުދައްކާ ވިޔަފާރިވެރިންގެ ނަން ހާމަކުރަން ނިންމާފައިވާ ގައުމުތަކަކަކީ ޔޫކޭ، ފްރާންސް، ޖާމަނީ، އިޓަލީ އަދި ސްޕެއިންއެވެ.

އެ ފަސް ގައުމުން އެކަން އިއުލާނުކޮށްފައިވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައެވެ.

އެ ފިޔަވަޅަކީ ޕެނަމާ ޕޭޕާސްގެ މައްސަލައިގައި އެ ފަސް ގައުމުގެ ލީޑަރުން ޓެކްސް ނުދެއްކުމާ ދެކޮޅަށް މަސައްކަތްކުރާ ކަން އަންގައިދިނުމަށް އެޅި ފިޔަވަޅެއް ކަމަށް ބޭރުގެ މީޑިއާތަކުން ބުނެއެވެ.

އެ ގައުމުތަކަކީ ޔޫރަޕުގެ އެންމެ އިގްތިސާދު ވަރުގަދަ ގައުމުތައް ކަމުގައިވާ އިރު ޔޫރަޕުގެ އެފަދައިން އަމަލުކުރަން ޔޫރަޕުގެ ގައުމުތަކަށް އެ ފަސް ގައުމުން ދަނީ ބާރު އަޅަމުންނެވެ،

ޕެނަމާ ޕޭޕާސް ލީކުވިތާ 10 ދުވަސް ފަހުން ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރަން ނިންމާފައިވާއިރު އޭގެ ސަބަބުން އެގައުމުތަކުގައި ހިންގާ ވިޔަފާރީގެ މުއާމަލާތްތައް އާއްމުވެ، ޓެކްސްއަށް މަކަރު ހަދައި އޮޅުވާލަން އުނދަގޫވާނެއެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު