N.atoll ge 4 rashakah health minister kurehvi dhathur nimmaalaifi
image
ނ. އަތޮޅަށް ހެލްތް މިނިސްޓަރު ކުރެއްވި ދަތުރުގެ ތެރެއިން-
3 ކޮމެންޓް
 

ނ. އަތޮޅުގެ ހަތަރު ރަށަކަށް ހެލްތް މިނިސްޓަރު ކުރެއްވި ދަތުރު ނިންމާލައިފި

ނ. އަތޮޅުގެ ހަތަރު ރަށަކަށް ވަޑައިގެން އެރަށް ރަށުގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ ހާލަތު ހެލްތް މިނިސްޓަރު އިރުތިޝާމް އާދަމް ބައްލަވާލައްވައިފިއެވެ.
މިނިސްޓަރ ނ. އަތޮޅަށް ކުރެއްވި ދަތުރުގައި ވެލިދޫ ސިއްހީ މަރުކަޒާ ހޮޅުދޫ ސިއްހީ މަރުކަޒު އަދި ކެނދިކުޅުދޫ ސިއްހީ މަރުކަޒުގެ އިތުރުން މަނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ޒިއާރަތް ކުރެއްވިއެވެ.

މިނިސްޓަރު އެތަންތަނުގެ އިސްވެރިންނާއި މުވައްޒަފުންނާއި ރަށު ކައުންސިލް މެމްބަރުންނާ ބައްދަލުކުރެއްވިއެވެ. އަދި އަތޮޅުގެ އެހެން ރަށް ރަށުގެ ކައުންސިލަރުންނާވެސް މިނިސްޓަރު ބައްދަލު ކުރެއްވިއެވެ.

އެ ބައްދަލުވުމުގައި ސިއްހީ ހިދުމަތްދިނުމުގައި އެތަންތަނަށް ކުރިމަތިވެފައިވާ ދަތިތަކުގެ އިތުރުން މިހާރުން މިހާރަށް ހައްލުކުރަން ހުރި ކަންކަމާއި ބެހޭ ގޮތުން މިނިސްޓަރު މަޝްވަރާ ކުރެއްވިއެވެ.

އަދި ރާއްޖޭގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް އެހިދުމަތް ކުރިއެރުވުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތުވެސް އެތަންތަނުގެ ވެރިންނާއި މިނިސްޓަރު ހިއްސާ ކުރެއްވިއެވެ.

ނ. އަތޮޅު މަނަދޫން ސީއެންއެމަށް މައުލޫމާތުދިން މީހަކު ބުނީ އެރަށުގައި ހުރި މައްސަލަތަކާއި ގުޅިގެން ރައްޔިތުންގެ ބަޔަކު މިނިސްޓަރާ ބައްދަލުކުރަން މަސައްކަތް ކުރުމުން ފުރުސަތު ލިބިފައި ނެތްކަމަށެވެ.

"ކައުންސިލުގައިވެސް އެދުނިން ބައްދަލުކުރެވޭނެ ގޮތެއް ނެތްހޭ. ކައުންސިލުން ބުނީ މިނިސްޓަރުގެ އެޖެންޑާގައި ނެތޭ ރައްޔިތުންނާ ބައްދަލުކުރަން ހަމަޖެހިފައެއް،" މައުލޫމާތުދިން މީހާ ބުންޏެވެ.

ހެލްތް މިނިސްޓަރުގެ ދަތުރުގައި ނ. އަތޮޅުގެ ބައެއް ދާއިރާތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ބައިވެރިވެފައިވެއެވެ.

މިނިސްޓަރާއެކު ބައްދަލުވުންތަކުގައި ބައިވެރިވި ކައުންސިލަރަކު ވިދާޅުވީ ނ. އަތޮޅުގެ ސިއްހީ ހިދުމަތް ވަރަށް ބޮޑުތަނުން ރަނގަޅު ކުރައްވާނެކަމަށް މިނިސްޓަރު ވިދާޅުވި ކަމަށެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު

މަނިކު

ހެލުތުމިނިސްޓަރު ނޫނައް ކުރެއްވި މަސްދަތުރު ފުޅު ނިންމަވާލައްވައި ސުރުހީގަ ގެހިނަމަ މާރަނގަޅުވިސް އަސްު މަސްދަތުރެއްކުރީ

Miladhummadulu

ministeru thikan nuvanyaa dheebala laamarukazy baaru atholhuge igthisodhaa atholhaa gulhuvaalabala atholhu ga molhethi myhun anna molhethi resort thah huriiru mihunnany maledhaan bunaa hospitalaa sihkee markazu mytha mikiyaa tharahgee!!!!!!!!

Hassam

Thiyaee MDA naacharangnaacharange group