Kanboduvunthah Hissaakurumun Doctorge Ehbasvun Baathilukuranee
image
ނ. އަތޮޅަށް މިނިސްޓަރު ކުރެއްވި ދަތުރުގެ ތެރެއިން-
7 ކޮމެންޓް
 

ކަންބޮޑުވުންތައް ހިއްސާކުރުމުން ޑޮކްޓަރުގެ އެއްބަސްވުން ބާތިލުކުރަނީ

ނ. އަތޮޅަށް ހެލްތް މިނިސްޓަރު ކުރެއްވި ދަތުރުގައި އެތަނުގައި ހުރި މައްސަލަތަކުގެ ވާހަކަ ދެއްކި ހޭނައްތާ ޑޮކްޓަރުގެ އެއްބަސްވުން ބާތިލުކުރުމަށް ހެލްތް މިނިސްޓްރީން ނިންމައިފިއެވެ.
ރާއްޖޭގައި މަސައްކަތް ކުރާތާ 12 އަހަރުވެފައިވާ ޑރ. ވިނޯދުގެ އެއްބަސްވުން ކުރިއަށް ގެންދެވެން ނެތްކަމަށް ބުނެ، އެއްބަސްވުން ބާތިލުކުރުމަށް ނިންމާފައިވާކަން އެމިނިސްޓްރީން އޭނާއަށް މިހާރުވަނީ އަންގާފައެވެ.

ސީއެންއެމަށް މައުލޫމާތުދިން މީހަކު ބުނީ މަނަދޫގައި މަސައްކަތް ކުރާތާ 10 އަހަރުވެފައިވާ ޑޮކްޓަރު ކުއްލި ގޮތަކަށް ފޮނުވާލުމަށް މިނިސްޓްރީން ނިންމީ، މިނިސްޓަރު ކުރެއްވި ދަތުރުގައި ގުޅިގެން ކަމަށެވެ.

އޭނާ ބުނީ ހުސްވި ހަފްތާގައި މިނިސްޓަރު ކުރެއްވި ދަތުރުގައި ތަނުގެ ހުރިހާ މުވައްޒަފުންނާއި ބައްދަލު ކުރެއްވި ކަމަށާއި އެ ބައްދަލުވުމުގައި ދަތިތައް ފާހަގަ ކުރުމަށް މިނިސްޓަރު އެދިވަޑައިގެންނެވި ކަމަށެވެ.

"މިނިސްޓަރު އެދިގެން ފަހަރަކު ބޭފުޅަކަށް ފުރުސަތު ދެމުންދިޔައީ ދަތިތަކުގެ ވާހަކަ ދައްކަން. ވިނޯދާ ޖެހުމުން އޭނާވެސް ތަނުގައި ހުރި މައްސަލަތައް ފާހަގަކުރި،" ނަން ހާމަ ނުކުރުމަށް އެދި މައުލޫމާތުދިން ފަރާތުން ބުންޏެވެ.

އޭނާ ބުނީ ޑޮކްޓަރު ވިނޯދު ވާހަކަތައް ހުރި ގޮތުން މިނިސްޓަރުގެ ޓީމްގައި ހިމެނޭ ބައެއް ބޭފުޅުން އަތުގެ އިޝާރާތުން ވާހަކަތައް ހުއްޓާލުމަށް އިލްތިމާސް ކުރިކަމަށެވެ.

"ދެއްކީ ތަނުގައި ވަސީލަތްތައް ނެތް ވާހަކަ، ހިދުމަތް ދިނުމަށް ދަތިވާ ވާހަކަ. މިނިސްޓަރުގެ ޓީމްގައި ހިމެނޭ ޝާކިރުގެ އަތުގެ އިޝާރާތުން ވާހަކަ ހުއްޓާލުމަށް ވެސް އެދުން،" މައުލޫމާތުދިން ފަރާތުން ބުންޏެވެ.

މަނަދޫން މައުލޫމާތުދިން މީހާ ބުނީ މިދިޔަ އަހަރު އައިޖީއެމްއެޗް ހޮސްޕިޓަލްގައި ހޭނައްތާ ޑޮކްޓަރުން ނެތުމާއި ގުޅިގެން އޭނާ އެ ހޮސްޕިޓަލަށް ވެސް ބަދަލުކުރި ކަމަށެވެ.

"މިރަށުގައި އެންމެ ރަނގަޅު އެއް ޑޮކްޓަރު އެއީ. އޭނާއާއި ގުޅޭގޮތުން އެއްވެސް ޕޭޝަންޓެއްގެ ފަރާތުން ޝަކުވާއެއް ހުށަހެޅިފަ އޮތް އަޑެއް ނާހަން. އެހާ ދުވަހު ނުރެވޭނީވެސް ކަމެއްވީމަތާ،" އެމީހާ ބުންޏެވެ.

އޭނާ ބުނީ ޑޮކްޓަރުގެ އެއްބަސްވުމުގެ މުއްދަތު މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ހަމަވުމާއި ގުޅިގެން ގައުމަށް ފޮނުވާލި ކަމަށާއި ނަމަވެސް ފެބްރުއަރީ މަހު އޭނާ އަލުން ގެނައީ މިނިސްޓްރީން ބޭނުންވެގެން ކަމަށެވެ.

މިކަމާއި ގުޅިގެން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނަރަލް ތަސްލީމާ އުސްމާން ވިދާޅުވީ ޑޮކްޓަރުގެ އެއްބަސްވުން ބާތިލުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެގޮތަށް ނިންމީ ހުސްވި ފެބްރުއަރީ މަހު މުޅި އަތޮޅުގެ އެސެސްމެންޓެއް ހެދުމަށް ފަހު އެ ޑޮކްޓަރުގެ މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވިފައި ވާތީކަމަށެވެ.

"ނ.އަތޮޅަށް ފެބްރުއަރީ މަހުގައި ކުރި ދަތުރާއި ގުޅިގެން އެކްޝަންތަކެއް ނެގިފައިވަނީ ތިން ޑޮކްޓަރެއްގެ އެއްބަސްވުން މުޅި އަތޮޅުން ޓާމިނޭޓްކުރެވިފައިވޭ،" ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނަރަލް ވިދާޅުވިއެވެ.

އެމިނިސްޓްރީން ބުނީ އެސެސްމެންޓް ހަދަނީ ހޮސްޕިޓަލްގެ އެކި ދާއިރާތައް ބައިތަކަށް ބަހާލައިގެން ކަމަށާއި ރަނގަޅު ކުރަންޖެހޭ ކަންކަން ހޮސްޕިޓަލަށް އަންގާފައި ވާނެކަމަށެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު

ހާމިދު

ސިޔާސީ މީހުން ހޮސްޕިޓަލްތައް ހިންގަން ތިބުމުން ވަރަށް ދަތިވޭ، އެމީހުންނަކަށް ނޭގޭ އެއްވެސް ކަހަލަ ޞިއްޙީ ޚދިުމަތާއި ގުޅޭ ކަމެއް ޤަވާޢިދެއްވެސް އޭގެތެރެއިން ބައެއް މީހުން ދަންނަނީ ހަރުކަށިކޮށް ޤަވާޢިދު ހިންގޭތޯ ބެލުމުން ހުިރހާ ކަމެއް ދާނީ ރަގަޅަށްކަމަށް، އަމުދުން އެއްވެސް މިންވަރަކަށް ޞިއްޙީ ދާއިރާއާއި ގުޅޭ ކަންކަން ނޭގޭ މީހަކު ކިހިނެއްތޯ ހޮސްޕިޓަލެއް ހިންގާނީ ، ޑޮކްޓަރުންކާރީ ބުނާނެ އެއްޗެއް އޭނަޔަކަށް ނޭގޭ، އަބަދު ކިޔަނީ މީ ޤަވާޢިދޭ ، އޮފީހުން ބޭރަށް ނުދާށޭ، ހޮސްޕިޓަލުން ބޭރަށް ނުދާށޭ، މީ ހޮސްޕިޓަލް ހިންގަން ކުރހާވެސް ކަމަކީ ، މިފަދަ މީހުން ހިންގަން ތިބޭ ހޮސްޕިޓަލްތަކުގައި ހުންނަ ސިވިލްސަރވިސްގެ ޒިންމާދާރު ވެިރޔާ ހުރިހާކަމެއް ކުރަންޖެހުމުން އެއްވެސް ކަމެއް ރަގަޅަކަށް ނުދޭ ، މިފަދަ މީހުން ހޮސްޕިޓަލް ހިންގަން ބެއި ތިއްބުމަށް ވުރެ މާރަގަޅު ކަހަބު ތޮށިގަޑެއް އެމޭޒުމަތީގައި ބޭއްވިޔަސް

Zee

Seriously ehaa dhuvahu nurevuneema dho

meena

bangaalhun doctor eh genaima rangalhuvaane eyrun heynahthadeyne heynaaraagotah

ކަތީބު

ތަޖުރިބާކާރު މެޑިކަލް ޑޮކްޓަރުންނަކީ ދުނިޔޭގެ ކޮންމެ ގައުމަކުންވެސް ބަލައިގަންނާނެ ބައެކެވެ. އެހެންކަމުން ތީގެ ގެއްލުންވާނީ ޑޮކްޓަރަކަށްނޫނެވެ. ރަނގަޅު ސިއްހީ ޚިދުމަތުން މަހުރޫމްވެފަ ތިބި ދިވެހި ރައްޔިތުންނަށެވެ. ރާއްޖޭގައި ތިބި ގުނބޯހެދިގެންއުޅޭ ތަނެއް ދޮރެއްނުދަންނަ ގަމާރު މީހުން ސިޔާސީ އެކި ދާއިރާތަކަށް އިސްކުރުމުން ލިބޭ ގެއްލުމުގެ ކޮޅެއްނެތެވެ.

މުހައްމަދު ޢިބުރާހީމް

ހޮސްޕިޓަލްތައް ހިންގުމަށް ސިޔާށި ބޭފުޅުން އައްޔަންކުރުމަކީ ސަރުކާރަށް ހެދޭ އެނަމެ ބޮޑު ގޯސް. ސިޔާސީ ބޭފުޅޫޏޤޣޭ ސަބަބަން ޓީމްވޯކް ގެއްލި މަސައްކަތުގެ އަހްލާގް ގެއްލި މުޅިތަން ސިޔާށިވެ ރައްޔިތުންގެ އިތުބާރު ގެއްލިގެން ދޭ.

ތަކުރުފާނު

ތިޔަވިދާޅުވާ ޑޮކްޓަރުގެ ކަންކަން އެންމެ ރަގަޅަށް އެގޭނީ ބަލިމީހުންގެ ކާރީން އަހާ އޮޅުން ފިލުވައިގެންތޯއެވެ. ނުވަތަ ޑޮކްޓަރު މަސައްކަތްކުރާތަނުގެ މުވައްޒަފުންގެ ފަރާތުން ތޯއެވެ. ރާއްޖޭގައި މަސައްކަތްކުރާ ގާބިލުމޮޅު ޑޮކްޓަރުން ސަރުކާރުން އެއްވެސް އުޒުރެއް ދެއްކުމަކާއި ނުލައި ފޮނުވާލައްވަނީ، ދިވެހިރައްޔިތުންނަށް ސިއްހީ ގޮތުން ފެންވަރު ރަގަޅު ހިދުމަތެއް ދެއްވަން ސަރުކާރުން ބޭނުންނުވާތީތޯއެވެ. ގައިމުވެސް އެގޭ ހަގީގަތަކީ ފެންވަރު ރަގަޅު ޑޮކްޓަރުން ފަރުވާ ދެއްވާނަމަ، ބަލިމީހުނަށް ލިބިލައްވާ ހިތްހަމަޖެހުން ބޮޑުވުމާއި، ދައުލަތުން ބަލިމީހުނަށް ކުރާ ހަރަދު އެތައްތަނަކުން ކުޑަވުމާއި އެކަމުގެ ސަބަބުން ބަލިމީހުންގެ ފަރާތުން ސަރުކާރަށް ކުރާ އިތުބާރާއި ޔަގީންކަން ބޮޑުވުމާއި އެކަމަށްޓަކައި ސަރުކާރަށް ސަނާކިއުން އިތުރުވުމެވެ. ސަރުކާރު ހިންގަން ތިއްބަވަނީ އިންސާނުން ކަމަށްވީތީ މިދެންނެވި ކަންކަން ދެކެން ބޭނުން ވާނެއެވެ. އެހެންކަމުން މިއާއި ދެކޮޅަށް މަަސައްކަތް ކުރާނީ ސަރުކާރާއި އިދިކޮޅު މީހުންކަން ސަލާމަތްބުއްދިން ކިރާލާއިރު ވަރަށްވެސް ސާފުކޮށް އެގޭތީވެ ސަމާލު ކަމަށްޓަކައި ދަންނަވަމެވެ.

ސފރ

އަތޮޅު ހޮސްޕިޓަލް އަދި އަތޮޅުގެ ހޮސްޕިޓަލު ތަކަށް ދިމާވެފައި ވާ އެންމެ ބޮޑު މައްސަލައަކީ ހޮސްޕިޓަލް އަދި މަރުކަޒުތަކުގެ ހިންގުމަށް ހަރުދަނާ އޮނިގަނޑެއް ނެތި، އަދި ސިޔާސީ މީހުން ދަނޑިކޮއްޕަން ހެލްތު މިނިސްޓްރީގެ ތެރެއިން ފުރުސަތު ދޭތީ. އަދި ސިޔާސީ ދާސް ފެންވަރުގެ މީހުންގެ ސަބަބުން ރަށް ރަށުގެ މަރުކަޒުތަކަށް ހޮސްޕިޓަލްގެ ބަސް ނުހިނގާތީ. އަދި ކަމެއް ނިންމުމުން އެކަން ތަންފީޒު ކުރުމަށް މިނިސްޓްރީ އިން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީން ކަން ނެތުން. ދެން ހުރި އިންސާނީ އަދި އެހެނިހެން ވަސީލަތްތަކުގެ މައްސަލަތަކުގެ ވާހަކަ ދައްކާ ކޮޅުން ނުލާނެ. ކަންތައްތައް އިސްލާހުކުރަން ހެލްތު މިނިސްޓްރީއިން ބާރާއި އެކު މަސައްކަތް ކޮށްފިނަމަ ކާމިޔާބު ކުރެވޭނެ. އަދި މިނިސްޓަރު އެގޮތަށް މަސައްކަތް ކުރައްވާކަން ފާހަގަކުރެވޭ! އެއްބާރުލުން ދިނުން މުހިއްމު!