Open 10 ball billiard mubaaraathuge champion an Ahusan ah
image
އަހްމަދު ތޯއިލް
0 ކޮމެންޓް
 

އޯޕަން 10 ބޯލް ބިލިއާޑް މުބާރާތުގެ ޗެމްޕިއަންކަން އަހުސަން އަށް

ރާއްޖޭގެ ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމްކޮށްގެން ބާއްވާ އޯޕަން 10 ބޯލް ބިލިއާޑް މުބާރާތުގެ ފައިނަލުގައި އަހްމަދު ރަމްޒީ އަތުން ފަސޭހަކަމާއެކު މޮޅުވުމަށް ފަހު އަހުސަން ހާޝިމް ޗެމްޕިއަންކަން ހޯދައިފި އެވެ.
އެމްޕީބީއޭ ކްލަބް ހައުސްގައި ރޭ ކުޅުނު ފައިނަލް މެޗުން އަހުސަން މޮޅުވީ 4-9 ފްރޭމް އިންނެވެ.

އަހުސަން އާއި ރަމްޒީ ފައިނަލަށް ދަތުރުކުރި އިރު ޖުމްލަ 34 ކުޅުންތެރިންނާއެކު ފެށި އޯޕަން 10 ބިލިއާޑް މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މި ދެ ކުޅުންތެރިން ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ.

މުބާރާތުން ދެވަނަ ހޯދި ރަމްޒީ ފައިނަލަށް ދަތުރުކުރީ ދެވަނަ ބުރާއި ކުއާޓާ ފައިނަލް އަދި ސެމީ ފައިނަލް މެޗުން މޮޅުވެގެންނެވެ. އޭނާ ގްރޫޕް ސްޓޭޖް ނިންމާލާފައިވަނީ ނުވަ ޕޮއިންޓާއެކު ގްރޫޕް އެފްގެ އެއްވަނަ ކުޅުންތެރިއާގެ ގޮތުގައެވެ.

އަދި ޗެމްޕިއަންކަން ހޯދި އަހުސަން ވަނީ މިދިޔަ އަހަރުގެ ރަނަރަޕް ދުންޔާޒް މުހައްމަދު އަތުން ސެމީގައި މޮޅުވެފައެވެ. އޭނާ ގްރޫޕް ސްޓޭޖް ނިންމާލާފައިވަނީ ނުވަ ޕޮއިންޓާއެކު ގްރޫޕް އެޗްގެ އެއްވަނަ ކުޅުންތެރިއާގެ ގޮތުގައެވެ. މިއަރާއި މިދިޔަ އަހަރު ބޭއްވި އޯޕަން 9 ބޯލް ބިލިއާޑް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ވެސް އަހުސަން އެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު