Thin Atollehge Kuni Manage Kuran Feasibility Hadhan Bayakaai Havaalukoffi
image
ހއ. ހދ. ށ އަތޮޅުގައި ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރު ހެދުމަށް ބޭނުންވާ ފީސިބިލިޓީ ހެދުމަށް ހަވާލުކުރުން--
0 ކޮމެންޓް
 

ތިން އަތޮޅެއްގެ ކުނި މެނޭޖްކުރަން ފީސިބިލިޓީ ހަދަން ބަޔަކާ ހަވާލުކޮށްފި

ތިން އަތޮޅެއްގެ ކުނި މެނޭޖްކުރަން "ކޮންސަލްޓަންސީ ސާވިސް ފޯ ޓެކްނިކަލް އެންޑް ފައިނެންޝިއަލް ފީސިބިލިޓީ" ހެދުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފީސިބިލިޓީ ހެދުމަށް ހަވާލުކޮށްފައިވަނީ ހއ. ހދ. ށ އަތޮޅުގައި ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރު ހެދުމަށެވެ.

އުތުރުގެ ތިން އަތޮޅުގެ ކުނި މެނޭޖްކުރަން ފީސިބިލިޓީ ތައްޔާރުކުރަން ހަވާލުކޮށްފައިވަނީ ޖޮއިންޓް ވެންޗާއެއް ކަމަށްވާ މޯލްޑިވްސް އެނާޖީ އެންޑް އެންވަޔަރަމެންޓު ކޮމްޕެނީ ލިމިޓެޑާ އައި ފްރާންޓިސް އެސޯސިއޭޓްސް ލިމިޓެޑްއާއެވެ. އެކަމާއި ގުޅޭ އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތޯރިގް އިބްރާހީމްއެވެ.

އެއްބަސްވުމުގައި ސޮއިކުރައްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮޕިޑް) އެހީގެ ދަށުން މަސައްކަތް ހަވާލުކޮށްފައިވަނީ ތިން މިލިއަން ރުފިޔާއަށް ކަމަށެވެ. އަދި އެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ ހަ މަސް ދުވަސް ތެރޭގައި ނިންމަންޖެހޭ ކަމަށެވެ.

"ތިން އަތޮޅުގެ ފައިނޭންޝަލްއާއި މެނޭޖްމަންޓް ފީސިބިލިޓީ ހެދުމުގެ މަސައްކަތް ހަވާލުކުރެވިގެން މިދިޔައީ. ފީސިބިލިޓީސް ސްޓަޑީޒްގަ 41 ރަށުގެ ރީޖަނަލް ވޭސްޓް މެނޭޖްމަންޓްގެ މަސައްކަތް ކުރެވިގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ އައްޑޫ، ފުވައްމުލައް އަދި ގއ އާ ގދ ގައިވެސް ކުނި މެނޭޖްކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި އައްޑޫގައި އަޅާ ރީޖަނަލް ވޭސްޓު މެނޭޖްމެންޓު ސެންޓަރު ހެދުމަށްޓަކައި ބިންވެސް މިހާރު ކަނޑައެޅި، އެ ސެންޓަރު ހެދުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު