Moosum Goasvumun Night Market Mire ah Cancel Kohffi
image
ނައިޓް މާކެޓް ސަރަހައްދުގައި ފެންބޮޑުވެފައި
0 ކޮމެންޓް
 

މޫސުން ގޯސްވުމުން ނައިޓް މާކެޓް މިރެއަށް ކެންސަލް ކޮށްފި

ރާއްޖޭގެ އެކި ހިސާބު ތަކަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ނައިޓް މާކެޓް މިރެއަށް ކެންސަލް ކޮށްފިއެވެ.
ކާނިވާ ސަރަހައްދުގައި މި މަހުގެ އެކަކުން ފަނަރަ އަށް ކުރިއަށް ދާ ނައިޓް މާކެޓް އިންތިޒާމް ކުރާ މޯލްޑިވްސް މިއުޒިކަލް އެންޑް އާޓްސް ސެންޓަރުގެ ފަރާތުން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ މީޓޮރިއޮލަޖީ ސާވިސަސް މިރޭ ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާ ކޮށްފައިވާތީވެ މިރެއަށް ނައިޓް މާކެޓް ކެންސަލް ކޮށްފައިވާކަމަށެވެ.

މާލެ އަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެފައިވާއިރު، ނައިޓް މާކެޓް ބާއްވަމުން ދާ ކާނިވާ ސަރަހައްދުގައި ވެސް ވަނީ ފެންބޮޑުވެފައެވެ.

އެމްއެމްއޭސީގެ އޮފިޝަލް ވިދާޅުވީ މާލޭގެ މަގުތަކާއި އެއްވަރަށް ކާނިވާ ސަރަހައްދުގައި ފެންބޮޑު ވިޔަސް ވިޔަފާރި ކުރަމުންދާ ފަރާތްތަކުގެ މުދަލަށް ގެއްލުންވި ކަމުގެ މައުލޫމާތެއް މިހާތަނަށް ވިޔަފާރި ވެރިންގެ ފަރާތުން ނުލިބޭ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ނައިޓް މާކެޓް ސަރަހައްދުގައި ބޮޑުވެފައިވާ ފެންގަނޑު ހިއްކުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.
މިއަދުން ހެނދުނުން ފެށިގެން މާލެއާއި ރާއްޖޭގެ ބޮޑު ބަޔަކަށް ގަދަޔަށް ވިއްސާރަ ކުރަމުން އަންނަ އިރު މޫސުމާއި ބެހޭ އިދާރާއިން ވަނީ ޅ އަތޮޅުން ފެށިގެން މ އަތޮޅާއި ހަމައަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު