Americage Burger Thakun Meedhalai Insaanunge DNA!
image
0 ކޮމެންޓް
 

އެމެރިކާގެ ބާގާ ތަކުން މީދަލާއި އިންސާނުންގެ ޑީއެންއޭ!

ކްލިއާ ލެބްސް އިން އެމެރިކާގައި ވިއްކަމުން ދިޔަ ގިނަ ބާގާތަކަކަށް ކުރި ޓެސްޓަކުން އިންސާނުންނާއި މީދަލުގެ ޑީއެންއޭ ހުންނަކަމަށް ދައްކައިދީފި އެވެ.
މިތަނުން 258 ތަފާތު ބާގާގައި އެކުލެވޭ މާއްދާތައް ބެލުމުގެ ގޮތުން ހެދި ޓެސްޓުތަކުން ލިބުނީ ހައިރާން ކުރަނިވި ނަތީޖާތަކެކެވެ. މި ޓެސްޓުތަށް ހެދުމަށް ފަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވާގޮތުން މީދަލާއި އިންސާނުންގެ ޑީއެންއޭ ހުންނަކަމަށާއި، މަސް ނުހުންނަ ތަރުކާރީ ބާގާތަކުން މަހުގެ ބާވަތްތަކާއި ޕެތޮޖެންތަކެއް (ހަށިގަނޑުގައި ބަލި ފަތުރާ ވައިރަސް) ފެނިފައިވާ ކަމަށެވެ.

ކްލިއާ ލެބްސްގެ ރީސާޗަރުން ބުނާގޮތުގައި ޓެސްޓުތަކުގެ ނަތީޖާ ދައްކާގޮތުގައި 3.6 އިންސައްތަ ބާގާ އަކީ ބިރުބޮޑު ތަކެއްޗެވެ، ބާގާތަކުން 4.3 އިންސައްތައިގައި ޕެތޮޖެންގެ ޑީއެންއޭ ފެނިފައިވާ ކަމަށްވެއެވެ. ޓެސްޓުކުރެވުނު 258 ބާގާ ސާމްޕަލްތަކުގެ ތެރެއިން ތިން ސާމްޕަލްގައި މީދާގެ ޑީއެންއޭ ހުރިކަމަށް ނަތީޖާތަކުން ފާޅުވުމުގެ އިތުރުން، އިންސާނުންގެ ޑީއެންއޭ ހުރިކަމަށް އެއް ސާމްޕަލް ފެނުނުކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

258 ބާގާތަކުގެ ތެރޭގައި ހިމެނުނު ތަރުކާރީ ބާގާތަކުގެ 23.6 އިންސައްތައިގެ ނަތީޖާއިން ބޮޑު ސުވާލުތަކެއް އުފެދޭ ކަމުގައި ވެއެވެ. އެއީ މީގެ ދެ ތަރުކާރީ ބާގާގައި ގެރިމަހުގެ މާއްދާ ހުރިކަމަށާއި ބްލެކް ބީން ބާގާގައި، ބްލެކް ބީންސް ނެތް ކަމުންނެވެ.

މީގެ އިތުރުން ހެދުނު ޓެސްޓުތަކުގައި ސުވާލު އުފެދޭ އެހެން ނަތީޖާތަކެއްވެސް ފެނިފައިއެވެ. މިސާލަކަށް އޫރުގެ ޑީއެންއޭ ގެރި މަހުގެ ތެރެއިން ފެނި، ކުކުޅުގެ ޑީއެންއޭ އެއް އޫރު މަހުގެ ބާގާއިންނާއި، ޓާކީ ބާގާއަކުންނާއި ދެ ގެރިމަހުގެ ބާގާއިން ފެނިފައި އެވެ.

ޓެސްޓު ކުރެވުނު 258 ބާގާ އަކީ 79 ބްރޭންޑުތަކުން ދެކުނު ކެލިފޯނިއާގެ 22 ރީޓެއިލަރުންގެ ފަރާތުން އައި ބާގާތަކެކެވެ. ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ފާސްޓް ފުޑް އިންޑަސްޓްރީތަށް ކުޑަ މިންވަރަކަށް ތަގައްޔަރުވެފައިވީ ނަމަވެސް، ބާގާތަކުގައި ހުންނާނެ ކަމަށް ބުނެފައިވާ މިންގަނޑާއި ތަފާތު އަދަދަކަށް ބާގާތަކުގައި މާއްދާތައް ހުންނަކަމަށް ނަތީޖާތައް ދައްކައެވެ.

ރިޕޯޓުގައި ބުނެފައި ވަނީ ބާގާތަކުން 4.3 އިންސައްތައިގައި ޕެތޮޖެންސް ފެނިފައިވުމުން، ބާގާ ބޭނުންކުރާ އެމެރިކާގެ އާބާދީގެ ކޮންމެ ހަ މީހަކުން އެކަކު ވިހަވާނެ ކަމަށާއި، އޭގެތެރެއިން 3،000 މީހެއްގެ ފުރާނައަށް ނުރައްކާ ކުރާނެކަމަށް ބުނެއެވެ. އެންމެ ގިނައިން ފެނިފައިވާ ޕެތޮޖަން އަކީ ޓިއުބާކުލޮސިސް ޖެހުމުން ދައްކައިދޭ ނިޝާންތަކެއް ފެންނަން މެދުވެރިވާ ވައިރަހެއް ކަމަށް ކްލިއާ ލެބްސްގެ ރިޕޯޓުގައި ބުނެފައި ވެއެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު