Fenboduvumaa Gulhigen Night Market Bandhu koffi
image
ނައިޓް މާކެޓް - ފައިލް ފޮޓޯ
2 ކޮމެންޓް
 

ފެންބޮޑުވުމާއި ގުޅިގެން ނައިޓްމާކެޓް ބަންދުކޮށްފި

މާލެއަށް މިއަދުކުރި ވިއްސާރައިގައި ކާނިވާ ސަރަހައްދުގައި ފެންބޮޑުވެ، ބައެއް ވިޔަފާރިވެރިން ޝަކުވާކުރަން ފެށުމުން ނައިޓް މާކެޓް ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.
ނައިޓް މާކެޓްގައި މޭޒެއް ބަހައްޓައިގެން ވިޔަފާރި ކުރަމުންދާ މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ ނައިޓް މާކެޓް އިންތިޒާމުކުރާ ފަރާތުން ހަމަހަމަ އުސޫލުން ކަންކަން ނުކުރާކަމަށެވެ.

"މިތަނުގައި ފެންބޮޑުވެގެން އެއްބަޔަކަށް ވިޔަފާރި ނުކުރެވޭއިރު އަނެއްބަޔަކު ހަމަ ވިޔަފާރި ކުރުމުގައި. އެކަމަކު އެންމެންވެސް އެއްވަރަކަށް ފައިސާ ދެއްކީ،"

އޭނާ ބުނީ ފެންބޮޑުވެފައިވާ ސަރަހައްދުގައި ހުރި މޭޒުތަކަށް މީހުންނަށް ކައިރިވެސް ނުވެވޭކަމަށާއި އެމައްސަލާގައި ވަރަށް ގިނަ ވިޔަފާރިވެރިން ހިތްހަމަ ނުޖެހިފައިވާކަމަށެވެ.

ނައިޓް މާކެޓް އިންތިޒަމު ކުރާ މޯލްޑިވްސް މިއުޒިކް އެންޑް އާޓް ސެންޓަރުގެ އޮފިޝަލަކު ވިދާޅުވީ މޫސުން ތަންދޭނަމަ މިރޭ 8:00 ނައިޓް މާކެޓް އަލުން ހުޅުވާނެކަމަށެވެ.

"ބައެއް ތަންތަނުގައި ފެން ހެދިފައިވާތީ މިވަގުތަށް ބަންދުކުރީ. މިރޭ އަލުން ހުޅުވާނެ،" ނައިޓް މާކެޓްގެ ކަންތައްތައް އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވާ އޮފިޝަލް ވިދާޅުވިއެވެ.

މިދުވަސްވަރު ރާއްޖެއަށް ވިއްސާރަ ކުރަމުންދާއިރު، ނައިޓް މާކެޓް އިންތިޒާމްކުރާ ފަރާތުން ބުނެފައިވަނީ ވިއްސާރައިގެ ސަބަބުން ކެންސަލުކުރާ ދުވަސްތައް އަލުން އިތުރު ކުރާނެކަމަށެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ނައިޓް މާކެޓް
ހިޔާލު

ފުރުއްވާފަ ފޮނުއްވާ!

ފުރުއްވާފަ ފޮނުއްވާ!

ތަކުރު

މި ޚަބަރު އެންމެ ސަޅިކޮށް ކަވަރުކޮށްފައި މިއޮތީ މިނޫހުން. އެހެން ނޫސްތަކުގައި ހީވަނީ އިއުލާނެއް ޖަހާފައި އޮއްހެން