Higuain record eh hedhi iru Juventus in league thashi hillaalaifi
image
އަހްމަދު ތޯއިލް
0 ކޮމެންޓް
 

ހިގުއައިން ރެކޯޑެއް ހެދި އިރު ޔުވެންޓަސް އިން ލީގު ތަށި ހިއްލާލައިފި

ދިހަ ކުޅުންތެރިންނާއެކު ކުޅެމުން ދިޔަ ފްރޮސިނޯން ކޮޅަށް ގޮންޒާލޯ ހިގުއައިން ޖެހި ތިން ލަނޑާއެކު އިޓަލީވިލާތުގެ ތާރީހީ ފޮތްތަކުގައި އޭނާގެ ނަން ލިޔެވިގެން ދިޔަ އިރު ލީގު ޗެމްޕިއަންކަން ހޯދި ޔުވެންޓަސް އިން ރޭ ތަށި ހިއްލާލައިފި އެވެ.
ދެވަނަ ހާފުގައި ހިގުއައިން ކާމިޔާބުކުރި ހެޓްރިކާއެކު ނަޕޯލީ ވަނީ 4-0 ގެ ނަތީޖާއަކުން ފްރޮސިނޯން އަތުން މޮޅުވެ ލީގުގެ ދެވަނަ ހޯދައިފަ އެވެ. އެ މެޗުގައި ހިގުއައިން ކާމިޔާބުކުރި ލަނޑުތަކާއެކު އޭނާ ވެފައިވަނީ އިޓަލީ ލީގުގައި ސީޒަނެއްގައި 36 ލަނޑު ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިއަށެވެ.

އޭގެ ކުރިން އިޓަލީ ލީގުގައި ސީޒަނެއްގައި އެންމެ ގިނައިން ލަނޑު ޖެހި ކުޅުންތެރިއާގެ މަގާމު ދަމަހައްޓަމުން އައީ 1949-50 ވަނަ އަހަރުގެ ސީޒަނުގައި 35 ލަނޑު ކާމިޔާބުކުރި އޭސީ މިލާންގެ ގަނާ ނޯޑާލް އެވެ.

ހިގުއައިންގެ ރެކޯޑްގެ އިތުރުން ޑިއޭގޯ މެރެޑޯނާ އާއެކު ނަޕޯލީ އަށް ކުޅެ ލީގުގައި 81 ލަނޑު ކާމިޔާބުކުރި މާރެކް ހަމްސިކް ވެސް ވަނީ ރޭ ހަނދާންކޮށްފަ އެވެ. އޭނާ އަކީ ނަޕޯލީގެ ތާރީހުގައި އެ ކްލަބަށް ދެވަނައިން އެންމެ ގިނައިން ލަނޑު ޖަހައިދިން ކުޅުންތެރިއާ އެވެ.

ލީގުގެ ދެވަނަ ހޯދުމާއެކު އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ނަޕޯލީ އަށް ޖާގައެއް ލިބޭނެ އެވެ.

އަދި ލީގު ޗެމްޕިއަން ޔުވެންޓަސް ވަނީ އެ ކްލަބްގެ ކާމިޔާބު ސީޒަންގެ ފަހު މެޗުގައި ސަމްޕްޑޯރިއާ އަތުން 5-0 އަކުން މޮޅުވެފަ އެވެ. އެ މެޗަށް ފަހު ސަޕޯޓަރުންގެ ކުރިމަތީގައި ޔުވެންޓަސް އަށް ލީގު ތަށި ލިބުނެވެ.

އެ ކްލަބުން ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު