Cricket board ge inthihaabu anna June mahugai
image
އަހްމަދު ތޯއިލް
0 ކޮމެންޓް
 

ކްރިކެޓް ބޯޑްގެ އިންތިހާބު އަންނަ ޖޫން މަހުގައި

ރާއްޖޭގެ ކްރިކެޓް ބޯޑްގެ ހިންގާ ކޮމިޓީގެ މެންބަރުން އާ ދައުރަކަށް އިންތިހާބުކުރަން ބާއްވާ ޖަލްސާ އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
ކްރިކެޓް ބޯޑުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެ އިދާރާގެ ހިންގާ ކޮމިޓީގެ އިންތިހާބު ޖޫން މަހު ބާއްވަން ނިންމީ މިދިޔަ އެޕްރީލް މަހުގެ 27 ވަނަ ދުވަހު ބޭއްވި އެކްޒެކެޓިވް ކޮމިޓީގެ މިއަހަރުގެ ތިންވަނަ ބައްދަލުވުމުގައި ކަމަށެވެ.

ކްރިކެޓް ބޯޑްގެ ރައީސް ކަމަށާއި ނައިބް ރައީސް އާއި އެސޯސިއޭޓް މެންބަރުންގެ ތެރެއިން ހޮވާ ދެ މެންބަރުންނާއި ފަރުދީ މެންބަރުންގެ ތެރެއިން ހޮވާ މެންބަރު އަދި ފުރިހަމަ މެންބަރުގެ ތެރެއިން ހޮވާ ހަތަރު މެންބަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު ޖޫން މަހުގެ އެއްވަނަ ދުވަހުގެ 12:00 ގެ ކުރިން އެ ބޯޑު މަގާމުތަކަށް ކުރިމަތިލުމަށް އެދޭ ފޯމްތައް ފުރިހަމަކޮށް ހުށަހަޅަން އެދޭ ކަމަށް ކްރިކެޓް ބޯޑުން ބުނެ އެވެ.

ކްރިކެޓް ބޯޑްގެ މަގާމުތަކަށް ކުރިމަތިލާން އެދޭ ފޯމްތައް ކްރިކެޓް ބޯޑުން ލިބޭނެ އެވެ.

ކްރިކެޓް ބޯޑުން ބުނީ އެކްޒެކެޓިވް ކޮމިޓީ އަށް މެންބަރުން އިންތިހާބުކުރާ ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު އެ ބޯޑުގެ އެންމެހައި މެންބަރުންނަށް ހުޅުވާލެވިފައިވާ ކަމަށެވެ. އަދި 2016 ވަނަ އަހަރާ ހަމައަށް ބޯޑުގައި ރަޖިސްޓްރީވެފައިވާ ހުރިހާ މެންބަރުންނަށް ވޯޓްލެވޭ ގޮތަށް އެކްޒެކެޓިވް ކޮމިޓީ އިން ނިންމާފައިވާ ކަމަށްވެސް އެ ބޯޑުން ބުނެ އެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ކްރިކެޓް
ހިޔާލު