Sh. Atoll Schoolthakugai Atoll Councilun Digital Notice Board Harukohdhenee
image
0 ކޮމެންޓް
 

ށ.އަތޮޅު ސްކޫލްތަކުގައި ކައުންސިލުން ޑިޖިޓަލް ނޯޓިސް ބޯޑު ހަރުކޮށްދެނީ

ށ. އަތޮޅުގެ ހުރިހާ ސްކޫލްތަކެއްގައި އަތޮޅު ކައުންސިލް ޑިޖިޓަލް ނޯޓިސް ބޯޑު ހަރުކޮށްދިނުމަށް ނިންމައިފިއެވެ.
ށ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އިބްރާހީމް ރަޝީދު އިދުރީސް ވިދާޅުވީ އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށުގެ ސްކޫލްތަކުގައި އަތޮޅު ކައުންސިލުން ތިން ލައްކައަށްވުރެ ގިނަ ފައިސާ ހަރަދުކޮށްގެން ޑިޖިޓަލް ބޯޑް ހަރުކޮށްދިނުމަށް ނިންމާ، ސްކޫލްތަކާއި މަޝްވަރާކޮށްފައިވާ ކަމަށެވެ.

އިބްރާހީމް ވިދާޅުވީ މަޝްވަރާ ކުރުމަށްފަހު ޑިޖިޓަލް ބޯޑް ހަރުކުރުމަށް ބޭނުންވާ ތަކެތި ހޯދުމަށް އިއުލާން ކޮށްފައިވާ ކަމަށެވެ.

"ހުރިހާ ސްކޫލަކަށް ބޭނުންވާ ހުރިހާ ސާމާނެއް ހޯދުމަށް އިއުލާންކޮށްފައިވަނީ. އެއްޗެހި ލިބުމާއި އެކު ސްކޫލްތަކަށް ހަވާލުކުރާނަން. ސްކޫލުން ހަރުކުރާނީ،" އިބްރާހީމް ވިދާޅުވިއެވެ.

މިދިޔަ އަހަރު އެންމެ ރަނގަޅު ކައުންސިލަކަށް ހޮވިފައިވާ އެ ކައުންސިލުން ވަނީ ސްކޫލުތަކުގައި މިއަހަރު ހިންގާ އިތުރު ހަރަކާތްތަކަށް ދެލައްކައަށްވުރެ ގިނަ ރުފިޔާ ދީފައެވެ.

ށ. އަތޮޅު ކައުންސިލުން އެ އަތޮޅު ސްކޫލްތަކަށް އަމާޒުކޮށްގެން އެކި ކަހަލަ މުބާރާތްތައް ބޭއްވުމުގެ އިތުރުން، ތައުލީމީ އިނާމްގެ ނަމުގައި ފާހަގަ ކޮށްލެވޭ ނަތީޖާ ހޯދާ ދަރިވަރުންނާއި ޓީޗަރުންނަށް އަންނަނީ އެވޯޑްވެސް ދެމުންނެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު