Vagah Nagaafaivaa Current Saamaanuthakakaaeku Meehaku Hayyarukoffi
image
ވަގަށް ނަގާފައިވާ ތަކެތި-
0 ކޮމެންޓް
 

ވަގަށް ނަގާފައިވާ ކަރަންޓު ސާމާނުތަކަކާއިއެކު މީހަކު ހައްޔަރުކޮށްފި

އދ. މާމިގިލީ ގެއަކުން ވަގަށް ނަގާފައިވާ ކަރަންޓު ސާމާނުތަކަކާއިއެކު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ވަގަށް ނަގާފައިވާ ކަރަންޓު ސާމާނުތަށް ހޯދާ، އެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެ މީހާ ހައްޔަރުކޮށްފައިވަނި އދ. މާމިގިލި ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު ވައްކަމުގެ މައްސަލައަކާ ގުޅިގެން މި މަހު 14 ވަނަ ދުވަހުގެ 19:45 ހާއިރު ކޯޓުއަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ވަގަށް ނަގާފައިވާ ތަކެތީގެ ތެރެއިން ސާކިއުލާސޯ އާއިި ކަރަންޓް ބުރުމާއަކާއި ކަރަންޓް ރޮންދާ ފެނިފައިވަނީ އެހެން މީހަކަށް އެތަކެތި ވިއްކާލާފައިވަނިކޮށް ކަމަށެވެ. އަދި ކަރަންޓް ކީސް ފެނިފައިވަނީ އެރަށު ފަޅު ގޯއްޗެއްގެ ތެރެއިން ކަމަށެވެ.

އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފައިވާ މީހައަކީ ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހްގީގް ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށެވެ.

އެ މައްސަލަ އދ. މާމިގިލީ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގް ކުރަމުންނެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު