Maldivian balikoh Police Club in havana faharah champion kan hoadhaifi
image
ފޮޓޯ: ޕޮލިސް
އަހްމަދު ތޯއިލް
0 ކޮމެންޓް
 

މޯލްޑިވިއަން ބަލިކޮށް ޕޮލިސް ކްލަބުން ހަވަނަ ފަހަރަށް ޗެމްޕިއަންކަން ހޯދައިފި

ވޮލީބޯޅަ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން މާލޭ ޒޯންގައި ބޭއްވި ޕްރެޒިޑެންޓްސް ކަޕް މުބާރާތުގައި ކުޅުނު ފައިނަލް މެޗުގައި މޯލްޑިވިއަންގެ މައްޗަށް ކުރިހޯދުމަށް ފަހު ޕޮލިސް ކްލަބުން ޕްރެޒިޑެންޓްސް ކަޕް މާލޭ ޒޯނުގެ ޗެމްޕިއަންކަން ހަވަނަ ފަހަރަށް ހޯދައިފި އެވެ.
ޕޮލިސް ކްލަބަށް މުބާރާތުގެ ޗެމްޕިއަންކަން ލިބުނީ ރޭ ކުޅުނު ތިންވަނަ ފައިނަލް މެޗުގައި މޯލްޑިވިއަން އާ ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. އެ ޓީމުން މެޗުގެ ސެޓުތައް ގެންގޮސްފައިވަނީ 19-25، 22-25 އަދި 24-26 އިންނެވެ.

ފައިނަލް މެޗަށް ފަހު މުބާރާތުން ވަނަވަނަ ހާސިލްކުރި ކުޅުންތެރިންނާއި ޓީމްތަކަށް މެޑަލާއި ސެޓްފިކެޓް ދީފައިވެ އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމާއި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ލިބުނީ ޕޮލިސް ކްލަބްގެ ކެޕްޓަން ހައްވާ ރާޝިދާ އަށެވެ. އަދި 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް ލިބުނީ ޕޮލިސް ކްލަބްގެ ފާތިމަތު ޖޫޒާން އަށެވެ.

މުބާރާތުގެ 19 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ޕޮލިސް ކްލަބުގެ އައިމިނަތު އަރީޝާ ހޮވުން އިރު މުބާރާތުގެ ޑްރީމް ޓީމުގައި ޕޮލިސް ކްލަބުގެ ހައްވާ ރާޝިދާ އާއި ހައްވާ ސާހާ އާއި ފާތިމަތު ޖޫޒާންގެ އިތުރުން ފާތިމަތު ޒީނިއާ އާއި މޯލްޑިވިއަންގެ އައިޝަތު މާޖިދާ އަދި އައިޝަތު އިމްތިނާން ވަނީ ހިމެނިފަ އެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ޕޮލިސް ކްލަބްގެ މައުމޫރު މުހައްމަދު ހޮވުން އިރު ފެއާ ޕްލޭ ޓީމަކަށްވެސް ހޮވިފައިވަނީ ޕޮލިސް ކްލަބެވެ.

މެއި މަހުގެ 13 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވި ޕްރެޒިޑެންޓްސް ކަޕް މާލޭ ޒޯންގައި ބައިވެރިވެފައިވަނީ ޖުމްލަ ތިން ޓީމެކެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު