Hoarafushee Godudhoh Himaayaiy Kurumuge Amalee Massaiykaiy Fashaifi
image
ހޯރަފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް ފެށުން-
0 ކޮމެންޓް
 

ހޯރަފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ހއ. ހޯރަފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
ހޯރަފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހޯރަފުށީ ގޮޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމްއެވެ.

އެރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ދައުލަތުގެ ވަޒީރުންނާއި މަޖިލިސް މެންބަރުންނާއި އެރަށު ރައްޔިތުން ބައިވެރިވިއެވެ.

އެ މަޝްރޫއުގެދަށުން ހޯރަފުށީގެ ގިރާ ސަރަހައްދުގައި 800 މީޓަރުގެ ބޮޑު ހިލައިގެ ތޮށި ގާއިމްކުރެވިގެންދާއެވެ. އެގޮތުން ރަށުގެ އިރު އުތުރުފަރާތުގައި 570 މީޓަރު އަދި އިރު ދެކުނު ފަރާތުގައި 230 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން އެމްޓީސީސީ އެ މަސައްކަތް މިދިޔަ އަހަރު އޮގަސްޓްމަހު ހަވާލުކޮށްފައިވަނީ 19.1 މިލިޔަން ރުފިޔާއަށެވެ.

އީއައިއޭ މަރުހަލާ ނިމި އެ މަސައްކަތް މިދިޔަ މަހު 15 ގައި ފެށިފައިވާއިރު، އެންވަޔަރަަމަންޓް މިނިސްޓްރީން ބުނީ އެ މަސައްކަތް އަންނަ ނޮވެމްބަރު 10 އަކަށް ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު