Loathakuge Finikan Namugai Namaadhu Workshopeh Baavvanee
image
ވ. ކެޔޮދޫ މަސްޖިދުލް ޒައިދު ބިން ޘާބިތު-
0 ކޮމެންޓް
 

ލޯތަކުގެ ފިނިކަން ނަމުގައި ނަމާދު ވޯކްޝޮޕެއް ބާއްވަނީ

ކުރިއަށް އޮތް ރޯދަ މަހާއި ދިމާކޮށް 'ލޯތަކުގެ ފިނިކަން' ނަމުގައި ނަމާދު ވޯކްޝޮޕެއް އަލް އަސްރު ޖަމިއްޔާއިން ބޭއްވުމަށް ނިންމައިފިއެވެ.
އެ ޖަމިއްޔާއިން ބުނީ ރޯދަމަހާ ދިމާކޮށް "ލޯތަކުގެ ފިނިކަން" ނަމުގައި އެ ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ދެ ދުވަހަށް ކަމަށެވެ.

އެ ވޯކްޝޮޕްގައި ނަމާދުގެ މަގާމާއި، ވުޟޫ ފުރިހަމަ ކުރާނެގޮތާއި، ހިނައިގަތުމުގައި އަންހެނުންނާއި ފިރިހެނުންގެ ތަފާތު އަދި ތަކްބީރުން ފެށިގެން ސަލާމްދިނުމާއި ހަމައަށް ސުންނަތުގައި ވާރިދުވެފައިވާ ގޮތަށް ނަމާދުކުރާނެގޮތާއި، އިލްމްވެރިންގެ ތަހުގީގްތަކާއި މަޒްހަބްތަކުގެ ހިލާފްތަކުން ރާޖިހްވާ ގޮތް އެނގުން، ފަދަ މައުލޫއުތަށް ކިޔަވައި ދެވޭނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

އެ ޖަމިއްޔާއިން ބުނީ އައްޝައިހް އާދަމް ޝަމީމް ބިން އިބްރާހީމް މައުލޫމާތުދެއްވާ، އެ ވޯކް ޝޮޕްގައި ބައިވެރިވާ ކޮންމެ ބައިވެރިއަކަށް ނަމާދާއި ބެހޭ ލުއި ފޮތަކާއި، ނަމާދުގައި ކިޔާ ޒިކުރުތަށް ހިމެނޭ ދުއާ ފޮތެއް އަދި ބައިވެރިވިކަމުގެ ހަނދާނީ ލިޔުން ދިނުމަށް ހަމަޖެހިވާކަމަށެވެ.

ދެ ޖިންސުގެ ބޭފުޅުންނަށް ބޭއްވޭ އެ ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހު 27، 28 ގައި ގައުމީ ޔުނިވާސިޓީގެ މައި އިދާރާގައި ހުންނަ ފައުންޑޭޝަންސް އޮޑިޓޯރިއަމްގައެވެ. އެ ވޯކްޝޮޕްގައި ބައިވެރިވާން އެދޭ ފަރާތްތަކުން 7925277 އަށް ނަމާއި، އެޑްރެސް، އައިޑީކާޑް ނަންބަރު އަދި ގުޅޭ ނަމްބަރަކާއިއެކު އެސްއެމްއެސް ކުރުމަށް އެ ޖަމިއްޔާއިން އެދެއެވެ.

ރާއްޖޭގެ އެކި ސްކޫލްތަކުގައި ވަރަށް ތަރުހީބާއި ކާމިޔާބުކަމާއެކު އެ ޖަމިއްޔާއިން އަންނަނީ އެ ވޯކްޝޮޕް ބާއްވަމުންނެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ނަމާދު އިސްލާމްދީން
ހިޔާލު