Dhuvas thakakah fahu Hukurah fahu kuraa dua koffi
image
މިއަދު ދުއާ ކުރަނީ. ފޮޓޯ: ޓްވިޓާ
5 ކޮމެންޓް
 

ދުވަސް ތަކަކަށްފަހު ހުކުރަށް ފަހު ކުރާ ދުއާކޮށްފި

ރައީސް މުހައްމަދު ނަޝީދުގެ ސަލާމަތަށް އެދި ހުކުރު ނަމާދަށްފަހު ކުރާ ދުއާ، ދުވަސްތަކަކަށްފަހު ފުލުހުންގެ ހުރަސްއެޅުމެއް ނެތި ކުރިއަށް ގެންގޮސްފިއެވެ.
ރައީސް ނަޝީދު ހައްޔަރު ކުރިފަހުން ބޮޑު ތަކުރުފާނު މިސްކިތުގައި އާއްމުން އެއްވެ ކުރަމުންދާ ދުއާ ކުރުމަށް ފާއިތުވި ތިން ހަފްތާއަކު ފުލުހުން ވަނީ ހުރަސް އަޅާފައެވެ. ނަމަވެސް މިއަދު ހުިކުރު ނަމާދަށްފަހު އާދައިގެ މަތިން ހުކުރުން ފޭބި މީހުން ދުއާކުރި އިރު އެ ސަރަހައްދަށް ފުލުހުން އައިސްފައެއް ނުވެއެވެ.

ހުކުރު ނަމާދަށްފަހު ދުއާކުރި މީހގަކު މީގެ ހަފްތާއެއް ކުރިން ވަނީ އަމުރަށް ނުކިޔަމަންތެރިވީ ކަމަށް ބުނެ ހައްޔަރުކޮށް، ފަސް ދުވަހަށް ބަންދުގެ މުއްދަތުވެސް އިތުރު ކޮށްފައެވެ. އަދި އޭނާ ދޫކޮށްލާފައި ވަނީ ދެވަނަ ފަހަރަށް މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުންނެވެ.

އޭގެ ކުރިންވެސް ވަނީ އިސްކޮށް ހުރެ ދުއާ ކީ މީހަކު ހައްޔަރުކޮށް ދުވަސްތަކެއް ވަންދެން ދޫނިދޫގައި ގެންގުޅެފައެވެ. އޭގެ ފަހުން ދުއާ ކިޔަމުން ދަނީ ވަކިވަކިންނެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ނަމާދު
ހިޔާލު

ާއައިންތު

ނަސީބެއްނު ހިލޭ އަންހެނުން ހޯދަން ބެންކޮކަށް ނުގޮސް ދުޢާ ކުރަން ތިބިކަން. ޢަލްހަމްދު ލިއްލާހި.

އައި

މައްސަލައެއް ނެއްތާ.. ލާރިދީގެން ބެންކޮކް އަންހެނުން ގާތަށްތާ މީހަކު ހަމަގައިމުވެސް ނެތް.

Ganjaabo

މަގާމާ ވަޒީފާ ދެއްވާތޯ ކުރާ ދުއާ..އުތަ؟ ތިތާތިބީ ނުރަ ތބުޅި ލައިގެން ތާކިހާ އަޅައިގެން ހުދު ގަމީގާ ހުދު މުންޑު ލައިގެން ތިބި މުނާފިގުން. ﷲ ތައާލާ ތި މުނާފިގުންގެ ދުއާ ބަލައެއް ނުގަންނާނެ.

އިބޫ

އީޔު ވަފްދުގެ ބަޔަކު އަދިވެސް މާލޭގައި ތިބީބާ؟

ތުއްތުޅިޔަންބެ

"ދިވެހިންގެ ކޮންމެ ފެށުމެއް ނިމޭނީ ބޮނޑު ނަގުލަށޭ" ކިޔާއަޑު އަހަން.