Mashrouthakuge Sababun Igthisaadhah Nurakkaa Eba oi: IMF
image
މަޝްރޫއުތަކުގެ ސަބަބުން ނުރައްކާ އެބައޮތް ކަމަށް އައިއެމްއެފުން ބުނޭ---
4 ކޮމެންޓް
 

މަޝްރޫއުތަކުގެ ސަބަބުން އިގްތިސާދަށް ނުރައްކާ އެބައޮތް: އައިއެމްއެފް

ސަރުކާރުންހިންގަމުން ގެންދާ މަޝްރޫއުތައް ކާމިޔާބު ވެއްޖެ ނަމަ ރާއްޖެއަށް އިންގިލާބެއް އަންނާނެ ކަމަށާއި ނަމަވެސް އެ މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ނުރައްކާ ވެދާނެ ކަމުގެ އބިރު އެބަ އޮތް ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން(އައިއެމްއެފް) ބުނެފިއެވެ.
އައިއެމްއެފްގެ އެގްޒެކެޓިވް ބޯޑުން މިއަހަރަށް އާޓިކަލް ހަތަރެއްގެ ދަށުން ރާއްޖެއާއި ބެހޭ ކޮންސަލްޓޭޝަން ނިންމުމަށްފަހު އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ އިގްތިސާދަށް ކުރިއަށް އޮތްތަނުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. ހާއްސަކޮށް މަޝްރޫއުތަކުގެ ސަބަބުން އިގްތިސާދަށް އިންގިލާބެއް ގެނުވައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުން ކުޑަ ކުރެވުނު ނަމަވެސް ރަނގަޅަށް ކުރިއަށް ނުގެންދެވިއްޖެ ނަމަ މަޝްރޫއުތަކުން އިގްތިސާދަށް ނުރައްކާ އެބައޮތް ކަމަށެވެ. މަޝްރޫއުތަކުން އިގްތިސާދަށް ނުރައްކާވަނީ އެއީ ރާއްޖެއިން ބޭރުން ލޯނު ނަގައިގެން ހިންގާ މަޝްރޫއުތަކަށް ވާތީ ކަމަށް އައިއެމްއެފުން ބުނެފައިވެއެވެ.

ދަރަނި އިތުރު ނުވާނެ ގޮތަށް ދެމެހެއްޓެނިވި ފިސްކަލް އެޖެސްޓްމެންޓުތަކެއް ގެންނަން ޖެހޭ ކަމަށް އައިއެމްއެފްގެ ޑައިރެކްޓަރުން ގަބޫލު ކުރާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އެގޮތުން މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ކޮންމެހެން މުހިއްމު ކަންކަމަށް އިސްކަން ދިނުމަށާއި ސަރުކާރުގެ ހަރަދުތައް ކުޑަ ކުރުމަށާއި، ޓެކްސް ނިޒާމު ވަރުގަދަކޮށް ނަފާ އިތުރު ކުރުމަށް ފެންނަ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި ވޭތުވެ ދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާ މިންވަރު ވަނީ 6.5 އިންސައްތައިން 1.5 އިންސައްތައަށް ދަށަށް ގޮސްފައެވެ. އަދި މިއަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނީ 3.5 އިންސައްތައަށް ކަމަށް އައިއެމްއެފުން ބުނެފައިވެއެވެ. އެގޮތަށް އައިއެމްއެފުން ބުނެފައިވަނީ މުޅި އޭޝިއާ ސަރަހައްދުގެ އިގްތިސާދު ވެސް ކުރިއަރާނެ މިންވަރު ދަށް ކަމަށް ލަފާކޮށްފައިވާތީއާއި ހިންގަމުން ގެންދާ ބޮޑެތި މަޝްރޫއުތަކުގެ ސަބަބުން އާއްމުދަނީ އިތުރު ނުވާނެތީއެވެ.

ސަރުކާރުން ހިންގަމުން ގެންދާ މަޝްރޫއުތަކުގެ ސަބަބުން އިގްތިސާދަށް ނުރައްކާ އޮތް ކަމަށް އައިއެމްއެފުން ބުނެފައިވާއިރު ވޯލްޑް ބޭންކުން ވެސްވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ވޯލްޑް ބޭންކުން ނެރުނު ރިޕޯޓަށް ރައްދު ދީ ސަރުކާރުން ބުނެފައިވަނީ ސަރުކާރުން މަޝްރޫއުތައް ހިންގަމުން ގެންދަނީ ނުރައްކާ އޮތްކަން އެނގިތިބެ ކަމަށެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު

ރިޔާޒް ރަޝީދު

ތިވާނީ އައިއެމްއެފް މީހުން ރައީސް ޔާމީނުގެ ކާމިޔާބު ތަރައްގީގެ ޕްލޭންތައް ފެނި ހަސަދަވެރިވަނީކަމަށް...

އައި އެމް

މިފަހަރު ވެސް ސަރުކާރުން ބުނާނެ ނޭގޭނެއޭ، އެންމެ އެގެނީ ތިމަންމެންނަށޭ، ގައުމު ދަރުވާލާނެ މިބައިގަނޑު، 15000 ފުލެޓުގެ މަޝްރޫއު ކާމިޔާބު ކުރިޕާޓީތަކުން ހޯހޯ ގޮވައިފި ދެނޯ، 800 މިލިޔަން ޑޮލަރު ރައީސް މީހާ ދޭގޮތައް ނަމަވެސް ތިޔަ ފުލެޓުތައް އަޅަންޖެހޭ.

Sappe

ރިސްކު އެއީ ނުރައްކަލެއް ނޫން. ދިވެހޮ ބަހުން ނުރައްކާ ކިޔަނީ އެހެންކަމަކަށް. ލޯނަކީ އަބަދުވެސް ރިސްކު އެކުލެވޭ އެއްޗެއް. އެހެންވެގެން އައިއެމްއެފް ވެސް ވާރލްޑްބޭންކްވެސް އެ ބުނަނީ މަށްރޫއުތަކުން އިންގިލާބެއް ގެންނާނޭ. އިގްތިސާދީ ވާހަކަ ލިޔަން ނޭގޭ ..ތުން ގަލަން ބާއްވާފަ ފަންސުރު ނަގާ!

ހަސަން

ގިރީސްސަވެސް ހައްދުފަހަނައަޅާވަރައް ލޯނުދެނީ ދަރަނިން ސަލާމެއްވުމަށޭކިޔާފާ މިމީހުން ބުނާއެއްޏެއް ކިހިނެއް ގަބޫލުކުރާނީ މާބޮޑައްނުރައްކަލެންނު.