Lanka ah 1.5 billion dollar ge loan eh dhinumah IMF inn ninmaifi
image
0 ކޮމެންޓް
 

ލަންކާ އަށް 1.5 ބިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް އައިއެމްއެފް އިން ނިންމައިފި

ސްރީލަންކާގެ އިގްތިސާދީ އިސްލާހީ ބަދަލުތަކުގެ އެޖެންޑާ ހިންގުމަށް އެހީވުމުގެ ގޮތުން 1.5 ބިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ އެގްޒެކްޓިވް ބޯޑުން ފާސްކޮށްފި އެވެ.
ލަންކާގެ ދަ ޑެއިލީ މިރާ ނޫހުން ރިޕޯޓު ކުރި ގޮތުގައި ތިން އަހަރު ދުވަހުގެ އެ ލޯނު ދިނުމަށް ފާސް ކުރީ ލަންކާގެ ބެލެންސް އޮފް ޕޭމަންޓް ހަމައަކަށް އެޅުވުމުގެ ގޮތުންނެވެ.

އައިއެމްއެފް އިން ނެރުނު ބަޔާނެއްގައި ބުނީ އެގޮތަށް ފާސް ކުރުމާއެކު ވަގުތުން 168.1 މިލިއަން ޑޮލަރު ލަންކާ އަށް ދޭނެ ކަމަށާއި، ބާކީ އަދަދު ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި އިންސްޓޯލްމަންޓަށް ދެމުން ދާނެ ކަމަށެވެ.

ނަމަވެސް އެ ފައިސާ ދެމުންދާއިރު، ލަންކާގެ އިގްތިސާދަށް ގެންނަމުންދާ ބަދަލުތަކާއި، އިސްލާހީ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަ މިންވަރު ވަޒަން ކުރަމުން ދާނެ އެވެ.

ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސެ ގެ ވެރިކަން ނިމުނުއިރު، ދާހިލީ ހަނގުރާމައިގެ ސަބަބުން ނެގި ލޯނުތަކާއެކު ގައުމު އޮތީ ވަރަށް ބޮޑަށް ދަރަނިވެރިވެފަ އެވެ.

އޭގެ އިތުރުން ގިނަ އަދަދެއްގެ ފައިސާ ގައުމުން ބޭރަށް ދިޔުމުގެ ސަބަބުން ދަރަނިތައް އަދާކުރުމަށް ދަތިވެ، އިގްތިސާދަށް އޮތީ މާލީ މައްސަލަތަކެއް ކުރިމަތިވެފަ އެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު