Barcelona dhookohlee maa faseyha veema: Dani Alves
image
ޑެނީ އަލްވޭސް --
އަހްމަދު ތޯއިލް
0 ކޮމެންޓް
 

ބާސެލޯނާ ދޫކޮށްލީ މާ ފަސޭހަވީމަ: ޑެނީ އަލްވޭސް

ސްޕޭނުގެ ގަދަބާރު ބާސެލޯނާ ދޫކޮށްލަނީ އެ ކްލަބުގައި ކުޅެން މާ ފަސޭހަވާތީ ކަމަށް ޑިފެންޑަރު ޑެނީ އަލްވޭސް ބުނެފި އެވެ.
ބާސެލޯނާ ދޫކޮށްލުމަށް ފަހު ޑެނީ އަލްވޭސް ބަދަލުވާނީ އިޓަލީވިލާތުގެ ޔުވެންޓަސް އަށެވެ. އެކަން އޭނާ ކަށަވަރުކޮށްދީފައިވާއިރު ބާސެލޯނާ އިން ވަނީ ޑެނީ އަލްވޭސް އަށް އަލްވަދާއު ކިޔާފަ އެވެ.

ޑެނީ އަލްވޭސް ވަނީ ބާސެލޯނާގައި ހޭދަކުރި އަށް އަހަރުގެ ތެރޭގައި އެ ކްލަބަށް ޖުމްލަ 23 ތަށްޓެއް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

"މިހާރު ޔަގީންވާ ކަމަކީ އަހަންނެއް ހަމަ ގައިމުވެސް ބާސެލޯނާގައި މަޑެއް ނުކުރާނަން،" އަލްވޭސް ބުންޏެވެ.

"ހަޔާތުގައި އަހަރެމެން ޖެހޭނެ ހަމަޖެހޭ ދިމާ ބޭރުވެސް ކުޑަކޮށް ބަލައިލާން. ބާސެލޯނާ އަކީ ތަފާތު ސަޅި ކްލަބެއް، އެކަމަކު ކަންތައްތައް މާ ފަސޭހަވަމުން އައީ،" އޭނާ ބުންޏެވެ.

އަލްވޭސް ބުނީ އާ ގޮންޖެހުމަކާ ކުރިމަތިލާން އޭނާ ހުރީ ތައްޔާރަށް ކަމަށާއި ޔޫރަޕުގެ އެހެނިހެން ކްލަބެއްގައިވެސް ބާސެލޯނާ އަށް ލިބުނު ހާ ކާމިޔާބީތައް ހޯދައިދޭން ބޭނުންވާ ކަމަށެވެ.

އުމުރުން 33 އަހަރުގެ އަލްވޭސް ކުރިން ބުނެފައިވަނީ ކުރިއަށް އޮތް ތަނުގައި އަދި ބާސެލޯނާ އަށް އަންނާނެ ކަމަށާއި އޭނާގެ ކެރިއަރުގެ އެންމެ ހިތްގައިމު ކަންތައްތައް ވެފައިވަނީ ބާސެލޯނާގައި ކަމަށެވެ.

އަލްވޭސް ބާސެލޯނާ އަށް ބަދަލުވީ 2008 ވަނަ އަހަރުގެ ތެރޭ ސެވިއްޔާ އިން 23 މިލިއަން ޕައުންޑްގެ އަގަކަށެވެ. އޭގެ ފަހުން އޭނާ ވަނީ އެ ކްލަބަށް 300 އަށްވުރެ ގިނަ މެޗު ކުޅެދީފަ އެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު