Libyage Gondudhoshah Maruvefaiva gina Refugee inge Hashithah Lavvanee
image
މި ހިޖުރަވެރިން މަސައްކަތް ކުރީ އިޓަލީއަށް ދިއުމަށް---
0 ކޮމެންޓް
 

ލީބިޔާގެ ގޮނޑުދޮށަށް މަރުވެފައިވާ ގިނަ ރެފިއުޖީންގެ ހަށިތަކެއް ލައްވަނީ

ލީބިއާގެ ގޮނޑުދޮށަށް މަރުވެފައިވާ ގިނަ އަދަދެއްގެ ރެފިއުޖީންގެ ހަށިތައް ލައްގަމުން އެބަދެއެވެ. މިހާތަނަށް 133 ހަށިގަނޑު ލީބިއާގެ ގޮނޑުދޮށުން ވަނީ ނަގާފައެވެ.
ރެފިއުޖީންގެ ހަށިތައް ލައްވަމުން ދަނީ ލީބިޔާގެ ހުޅަނގު ސަރަހައްދުގައި ހުންނަ ޒުވަރާ ސިޓީގެ ގޮނޑުދޮށަށެވެ.

ލައްގާފައިވާ ހިޖްރަވެރިންގެ ތިން ބައި ކުޅަ އެއްބައި އަކީ އަންހެނުން ކަމަށާއި، އޭގެ ތެރޭގައި ފަސް ކުޑަކުދިން ހިމެނޭކަމަށާއި، ލެއްގި މީހުންތަކުގެ ތެރޭގައި އެއްވެސް ލިއުންތަކެއް ފެނިފައި ނުވާކަމަށާއި ގިނައިން ތިބީ ސަބް-ސަހާރަން އެފްރިކާ މީހުން ކަމަށް ލީބިއާއިން ވަނީ ބުނެފައެވެ.

ލީބިއާގެ ސެކިއުރިޓީ ބަލަހައްޓަ ފަރާތްތަކުން ބުނާ ގޮތުގައި މަރުވެފައިވާ މީހުންނަނީ ކައިރީގައި އޮތް ސިޓީ އެއް ކަމަށްވާ ސަބްރާތާ މަރުވެގެން ލައްގާ ބައެކެވެ. ސަބްރަތާގައި ވަނީ މިދިޔަ ހަފްތާ ތެރޭގައިވެސް ގިނަ އަދަދެއްގެ ރެފިއުޖީން ތިބި ސަރަހައްދަށް ރާޅު ބޮޑުވެ ބައެއް ބޯޓުތައް ބަންޑުން ޖަހާލައިގެން 100 އަށްވުރެ ގިނަ ރެފިއުޖީން މަރުވެފައެވެ.

ލީބްޔާއިން އިޓަލީއަށް ދިއުމުގެ އުއްމީދުގައި ހިޖުރަވެރިން ޓްރެފިކަރުންނަށް ސަތޭކައެއްހާ ޑޮލަރު ދައްކައިގެން ބޯޓަކުން ޖާގަ ހޯދައެވެ. ބޭރުގެ މީޑިއާތަކުން ބުނާ ގޮތުގައި މި ބޯޓު ތަކަކީ މެޑިޓްރޭނިއަން ކަނޑު ހުރަސް ކުރެވޭ ވަރަށްވުރެ މާ ބަލިކަށި ބޯޓު ތަކެކެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
މަރު އެފްރިކާ ލީބިޔާ
ހިޔާލު