Mash'hooru tennis kulhuntheriyaa Sharapova ah 2 aharuge suspension eh
image
ޝަރަޕޯވާ --
އަހްމަދު ތޯއިލް
0 ކޮމެންޓް
 

މަޝްހޫރު ޓެނިސް ކުޅުންތެރިއާ ޝަރަޕޯވާ އަށް ދެ އަހަރުގެ ސަސްޕެންޝަނެއް

ރަޝިއާ އަށް އުފަން މަޝްހޫރު ޓެނިސް ކުޅުންތެރިއާ މާރިއާ ޝަރަޕޯވާ އަށް ޓެނިސް މުބާރާތްތަކުގައި ވާދަނުކުރެވޭނެ ގޮތަށް ބައިނަލްއަގްވާމީ ޓެނިސް ފެޑަރޭޝަނުން ދެ އަހަރުގެ ސަސްޕެންޝަނެއް ދީފި އެވެ.
ޝަރަޕޯވާ ސަސްޕެންޑްކުރީ ޖެނުއަރީ މަހު އޮސްޓްރޭލިއާ އޮޕަންގައި ހެދި ޓެސްޓަކުން މަނާ ބޭހެއް ކަމުގައިވާ މެލްޑޯނިއަމް އަށް އޭނާ ޕޮޒިޓްވުމުންނެވެ. އެކަމުގެ ސަބަބުން ޕްރޮވިޝަނަލްކޮށް އޭނާ ވަނީ ސަސްޕެންޑްކޮށްފަ އެވެ.

އުމުރުން 29 އަހަރުގެ ޝަރަޕޯވާ ހިތުގެ ބައްޔަށް ފަރުވާކުރާ ބޭސް ނެގިކަން ސާބިތުވުމުން އޭނާ ބުނީ 2006 ވަނަ އަހަރުއްސުރެ ސިއްހީ ސަބަބުތަކަށްޓަކައި އޭނާ އެ ބޭސް ނަގާ ކަމަށެވެ. މެލްޑޯނިއަމް މަނާ ކޮށްފައިވަނީ 2006 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ.

"ގޯސްކޮށް ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިންކަން އަހަންނަކަށް ގަބޫލެއް ނުކުރެވޭނެ،" އެ ނިންމުމާ ދެކޮޅަށް އިސްތިއުނާފްކުރަން ނިންމިކަން އިއުލާންކުރަމުން ޝަރަޕޯވާ ބުންޏެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ޓެނިސް
ހިޔާލު