Libya ge port city inn IS beyru kollaifi
image
0 ކޮމެންޓް
 

ލީބިޔާގެ ޕޯޓް ސިޓީ އިން އައިއެސް ބޭރުކޮށްލައިފި

އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް ހިންގި އޮޕަރޭޝަނަކަށް ފަހު އައިއެސްގެ ބާރުގެ ދަށުގައި އޮތް ސިރްތޭ ޕޯޓް ސިޓީ ސަރުކާރު ފައުޖުތަކުގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފި އެވެ.
މި ސިޓީ އަކީ އިރާގާއި ސީރިއާގެ ބޭރުން އައިއެސްގެ އަތްދަށުގައި އޮތް އެންމެ މުހިއްމު އެއް ތަނެވެ. އެތަނުގައި ހިންގި އޮޕަރޭޝަނުގައި ވައިގެ ހަމަލާތަކާއި، މިސައިލް ހަމަލާތައް ދީފައި ވެއެވެ.

އދ. އިން އިސްނަގައިގެން ލީބިޔާގައި އުފައްދާފައިވާ އެއްބައިވަންތަކަމުގެ ސަރުކާރުން އެ އޮޕަރޭޝަން ފެއްޓީ މިދިޔަ މަހު އެވެ.

އެތަނުން އައިއެސް ބޭރު ކުރުމުން، އައިއެސްގެ އިސް ލީޑަރުން ވަނީ ލީބިޔާގެ ދެކުނުގައިވާ ހަނަފަސް ސަހަރާ އަށް ވަދެ ފިލާފަ އެވެ.

މި ސިޓީ އަކީ ލީބިޔާގެ ކުރީގެ ލީޑަރު މުއައްމަރު ގައްޒާފީގެ އުފަން ރަށެވެ. މީގެ ދެ މަސް ކުރިން އެއްބައިވަންތަކަމުގެ ސަރުކާރުން ވަނީ އައިއެސް އާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަންތައް ފަށާފަ އެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
އައިއެސް ލީބިޔާ
ހިޔާލު