Dhaarul Aasaaruga huri baeh thakethi beyrah nere aiyvvaai vaareyga behetti massalaeh fenmathivejje
image
ދާރުލްއާސާރުން ބޭރުގައި ބަހައްޓާފައި ހުރި ގޮނޑި-
6 ކޮމެންޓް
 

ދާރުލްއާސާރުގައި ހުރި ތާރީހީ ބައެއް ތަކެތި އަތްވާ ވާރޭގައި

ރާއްޖޭގެ ދާރުލްއާސާރުގައި ހުރި ތާރީހީ ބައެއް ތަކެތި އެތަނުން ބޭރަށް ނެރެ، އަތްވާ ވާރޭގައި ބަހައްޓާފައިވާ މައްސަލައެއް ފެންމަތި ވެއްޖެއެވެ.
އެމައްސަލަ ފެންމަތި ކުރެއްވި، ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ތޯރިގް ވިދާޅުވީ އެކަން ފާހަގަ ކުރެވެނީ އެސަރަހައްދަށް މިއަދު ދިޔަ ދިޔުމުގެ ތެރޭގައި ކަމަށެވެ.

ތޯރިގް ވިދާޅުވީ އެއީ އެވަގުތަށް ބޭރަށް ނެރެފައިވާ ގޮނޑިއެއް ނޫންކަން ބަލާލުމުން އެނގޭ ކަމަށާއި ވާރޭގައި އެ ގޮނޑި ހުރިކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށެވެ.

"އަޅުގަނޑަށް ފެނުނީ ބޭރުގައި ބަހައްޓާފައި ހުއްޓާ، ދެން ދާރުލްއާސާރު ގޯތިތެރެއަށް ވަދެ ބަލާފައި، މިހާރު ކަމާބެހޭ ފަރާތްތަކަށް ފޮޓޯތައްވެސް ފޮނުވާފައި ހުންނާނީ،" ތޯރިގް ވިދާޅުވިއެވެ.


ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރުކަން ކުރައްވާފައިވާ ތޯރިގަކީ ކުރިން ދިވެހި ބަހާ ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

އަދި އޭނާއަކީ އާގާނޫނު އަސާސީ އެކުލަވާލުމަށް އިންތިހާބުކުރި ރައްޔިތުންގެ ހާއްސަ މަޖިލީހުގައިވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ތާރީހު
ހިޔާލު

ސުހާނާ

ވަގުތީ ގޮތުން ނޭ، ގޮޑީގެ ފައި ބަލާލާފަ ވިސްނާލުމުން އިނގޭ ، އެހުރީ ވަގުތީ ގޮތުންކަން، ހީހީ ހަލާކު

ޝަކީލާ

ގޮޑީގެ ފައި ބަލާ ބަލަ ، ވާރޭ ވެހިފަ ކިސަޑު ބުރާފަ އެހުރީ. އަހަރެންނަށް ހީވަނީ ހެރިތޭޖްކުދިން ވެސް ކޮމެންޓް ކުރުމުގެ ބަދަލުގައި ޒިންމާ ދާރުވިއްޔާ މާރަގަޅުހެން

ބަލްގިސްރަނިންގެތަހުތު

އެއީ ޕާރކް ތެރޭ ގަނޑުވަރު މަރާމާތަށް ބޭނުންވާތީ އެތަން ހުސްކުރަން ވެގެން ބަޔަކު ނެރެ ވަގުތީ ގޮތުން ބައިންދާލައުފައި އިންނަ ގޮނޑިއެކޯލަ ދެން ޕަކާސް ގޮނޑިއެއް ހޯދަން ޝައުގުހުރިއްޔާ ރައްޔިތުންގެ ތައީދު ލިބޭތޯ ކޮންމެވެސް ކަމެއް ކުރަމާ ބަހީ އެގޮނޑި ވަށާ މުގޯލު އެޅީމަ ކުރާނި ކތް

މުޙައްމަދު އަބްދުﷲ

ޒިންމާދާރުކަން ނެތުމުގެ އިންތިހާއެވެ. ތޯރިގު ފަދަ ބޭފުޅަކު ސިޔާސީ ވިސްނުޟާއި ފިކުރު ހުންނަގޮތަުން ޕްރޮބްލަމް ކުރިއޭޓްކުރަން މިފަދަ މަަސައްކަތްކުރުމަކީ އަޅުގަނޑު ހައިރާންވާނެކަމެއްނޫނެވެ. އެހެންޏާފަހެ، މިއީ ކޮން ގޮނޑިއެއްތޯ ސާފުކޮށްލިނަމަ އެނގޭނެއެވެ. އެކަމަކު ބޭނުންވާނީ އަޑުކެޑިފައިވާތީ އަޑެއް އަރުވާށެވެ. ސީއެންއެމްވެސް ވަރަށް ކަޑައެވެ. މިއީ ކޮން ގޮނޑިއެއްތޯ ކަމާބެހޭ ފަރާތުން ސާފުކޮށްލިނަމަ ރަނގަޅުވީހެވެ. ތިމަންނަމެންމީ ޑިމޮކްރަސީގެ ހަތަރުވަނަ ބާރޭ ބުނާއިރު މިއަށްވުރެ ޒިންމާދާރުވެބަލަ.

އަލީ ދާއޫދު

"އަޅުގަނޑަށް ފެނުނީ ބޭރުގައި ބަހައްޓާފައި ހުއްޓާ، ދެން ދާރުލްއާސާރު ގޯތިތެރެއަށް ވަދެ ބަލާފައި، މިހާރު ކަމާބެހޭ ފަރާތްތަކަށް ފޮޓޯތައްވެސް ފޮނުވާފައި ހުންނާނީ،" ފޮޓޯއިން ފެންނަގޮތުން އެއީ ދާރުލްއާސާރު ސަރަހައްދެއްނޫން. އެއީ ސަލްޓަންޕާކް ތަރައްޤީކުރަން ފެންސްޖަހާ ވަކިކޮށްފައިވާ ދާރުލްއާސާރުގެ ބިއްދޮށް. ދާރުލްއާސާރު ގޯތިތެރެއަށް ވަދެ ބަލާފައޭ ބުނުމުން އެހެދުނޯ ދޮގެއް. ރޯދައަށްހުރެ ދޮގުހަދަން ނުވާނެ. ތޯރިޤަކީ މިކަހަލަ ކަންކަމަށް ޝައުގުވެރިވާ ބޭފުޅެއްނަމަ، މި 2 ގޮނޑިއާއިބެހޭ މައުލޫމާތު ހެރިޓޭޖް ޑިޕާޓްމަންޓްއިން ސާފުކޮށްލިނަމަ އެނގުނީހެވެ. އަނެއްކާ އެތަނުގައި އުޅެނީ ތޯރިގާ އެކު އެތަނުގައި މަސައްކަތްކުރި ކޮލީގުންނެވެ. މިއީ ޙަޤީޤަތް އޮޅުން ނުފިލުވާ ތޯރިގް މަޝްހޫރުވެލަންކުރިކަމެކެވެ.

ޢަހްމަދު

ޚުރާނެ ކަމެއްނެތް . އާސާރީ ތަކެތި އައްވާވާރޭގައި އަޅާލާނެ މީހެއްނެތް. މިހާރު ރައްޖޭގެ ހުރި ހަރުމުދަލާއި ތަރިކަ ބޭކާރު ކުންޏަށްވެއްޖެ.