Thareeh Badhalukoggen Vikkamundhaa Rose Syrup thakeh Vikkun Manakoffi
image
ރޯސް ސިރަޕް ފަނި...
3 ކޮމެންޓް
 

ތާރީހް ބަދަލުކޮށްގެން ވިއްކަމުންދާ ރޯސް ސިރަޕްތަކެއް ވިއްކުން މަނާކޮށްފި

ބާޒާރުގައި މުއްދަތު ހަމަވެފައިވާ ރޯސް ސިރަޕްތަކެއް ތާރީހް ބަދަލުކޮށްގެން ވިއްކަމުންދާތީ، އެތަކެތި ވިއްކުން މަނާކޮށްފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފައި ވަނީ ސިންގަޕޫރުގެ ނޮދަން ލަކް ޕްރައިވެޓް ލިމިޓެޑުން އުފައްދާފައިވާ ރޯސް ސިރަޕް ފުޅިތަކެއް މުއްދަތު ހަމަވުމުން ތާރީހްގެ މަތީގައި ކަރުދާސްކޮޅެއް ތަތްކޮށް މުއްދަތު އޮޅުވާލައިގެން ދަނީ ވިއްކަމުންނެވެ.

"ވީމާ ރޯސް ސިރަޕް ވިއްކާ އަދި ގަންނަ ފަރާތްތަކުން އެފަދަ ސްޓިކާއެއް ފުޅީގައި ތަތްކޮށްފައި ވޭތޯ ރަނގަޅަށް ބައްލަވާ އެފަދަ ގޮތަކަށް ލޭބަލް ވާނަމަ އެތަކެތި ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އަންގަމެވެ." އެމްއެފްޑީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

އޭގެ އިތުރަށް އެގޮތަށް ރޯސް ސިރަޕް ވިއްކާނަމަ އެކަން އެ އޮތޯރިޓީއަށް ރިޕޯޓް ކުރުމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ރޯސް ސިރަޕަކީ ރޯދަ މަހުގެ ދުވަސްތަކުގައި ދިވެހިންގެ އެކި ބުއިންތައް ތައްޔާރު ކުރުމަށް ބޭނުންކުރާ ޖޫހެކެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު

ޒިލޭބީ

ބަލަ އަމިއްލަޔަށް އުގޫބާތް ލިބިގެން ތިބި ބަޔަކު އެހެންމީހުންނަށް އުގޫބާތް ދޭނީ ކޮންގޮތަކުންތަ ؟ އެއީ ނެތްގޮތެއް

އުދާސް

ހުއްޓުވީމަ ނިމުނީތަ ؟އެފިޔަވަޅު އެޅުނީތަ ؟ މިފަދަ އޮޅުވާލުންތަކަށް ދޭންޖެހޭެ އުގޫބާަތް ކޮބާ ؟

ތުއްތުޅިޔަންބެ

ތިޔަގޮތަށް ކިތަންމެ ކާބޯތަކެއްޗެއް ވިއްކަމުންދޭ. މިއަދު ބަޔަކުނުކުމެ މާލެ، ވިލިމާލެ، ހުޅުމާލޭގެ ފިހާރަތަތް ޗެކް ކޮށްލިޔަސް ތިޔަގޮތަށް މުއްދަތު ހަމަވުމުން އޮޅުވާލައިގެން ވިއްކާ އެތައް ކާބޯތަކެއްޗެއް ފެންނާނެ. ކުރީ ދުވަހަކު ހުޅުމާލެ ފިހާރައެއްގަ މުއްދަތު ހަމަވެފަ ހުރި ކުކިން ޗޮކްލެޓް ތަކެއް ހުރެގެން ސޭޓުގަތު ބުނުމުން އެވަގުތު އެތަކެތި ނަގާފަ އަނެއްދުވަހު ހަމަ އެ ޗޮކްލެޓްތައް ވިއްކަން ބެހެއްޓިގޮތަށް އަދިވެސް އެބަހުރި.