Male' ge maguthakah najis beyruva massala adhives Hallu Nukurevifai!
image
ޖަންކްޝަނެއް ފުރިގެން ބަންޑުން ވެފައި---
އާމިނަތު އިރާޝާ އަބްދުﷲ
1 ކޮމެންޓް
 

މާލޭގެ މަގުތަކަށް ނަޖިސް ބޭރުވާ މައްސަލަ އަދިވެސް ހައްލު ނުކުރެވިފައި!

މާލޭގެ ބޮޑުތަކުރުފާނު މަގު މާލޭ ޖަލު ކައިރީގައި ހުރި ބައެއް ޖަންކްޝަންތަކުން އަނެއްކާ ވެސް ނަޖިސް ބޭރުވާން ފަށައިފިއެވެ.
މިއަދު މެންދުރެއްހާއިރު އެ ސަރަހައްދުގައި ހުރި ތިން ޖަންކްޝަނަކުން ވަނީ ނަޖިސް ބޭރުވެފައެވެ. ނަޖިސް ބޭރުވާ ސަރަހައްދުތަކުގައި ނަޖިސް ފެންގަނޑު ހެދޭއިރު، އެ ހިސާބުތަކުގައި ނަޖިހުގެ ވަސް ވެސް ވަނީ ހިފާފައެވެ.

އެކަމާއި ގުޅިގެން ސީއެންއެމުން ބަހެއް ހޯދުމަށް އެމްޑަބްލިއެސްސީއަށް ގުޅުމުން އެތަނުގެ ބަހެއް ވަނީ އަދި ލިބޭ ގޮތް ނުވެފައެވެ.

މާލޭގެ މަގުތަކަށް ނަޖިސް ބޭރުވުމުގެ މައްސަލަ ވަނީ މިހާރު އާއްމުކަމަކަށް ވެފައެވެ. އެ މައްސަލަ އަނެއްކާ ވެސް ކުރިމަތިވެފައިވާއިރު، މީގެ ދެ މަސް ދުވަސް ކުރިން ވެސް ވަނީ މާލޭގެ މީހުން ދިރިއުޅޭ ސަރަހައްދުތަކުން ވަރަށް ބޮޑަށް ނަޖިސް ބޭރުވެ އުނދަގޫތަކާ ކުރިމަތި ލާން ޖެހިފައެވެ.

އެކަމާއި ގުޅިގެން އެމްޑަބްލިއުއެސްސީއިން ވަނީ ނަޖިސް ބޭރުވެފައި ހުރި ސަރަހައްދުތައް ސާފުކޮށް ވަގުތީ ހައްލެއް ގެނެސްފައެވެ.

މަގުތަކަށް ނަޖިސް ބޭރުވަނީ މަގުތަކުގައި ހުރި ޖަންކްޝަންތައް ފުރިބާރުވާތީއެވެ.

މާލޭގައި ނަރުދަމާތައް އަޅާފައިވަނީ މީގެ 30 ހަކަށް އަހަރު ކުރިންނެވެ. އެއީ އޭރު މާލޭގެ އާބާދީއަށް ބަލައިގެންނެވެ.

އެމްޑަބްލިއުއެސްސީއަށް 21 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާއެއްގައި، ވާހަކަފުޅުދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ މާލޭގައި މިހާރު ބޭނުން ކުރަމުންދާ ނަރުދަމާ ނިޒާމު ރަނގަޅު ކުރަންޖެހޭ ކަމަށެވެ. އެގޮތުން ނަރުދަމާ ރީ-ޑިޒައިން ކުރުމަށް ދެނެ ގަންނަން ޖެޙޭ ކަންކަން މިހާރު ކުރިއަށްދާ ކަމަށާއި، ވަރަށް އަވަހަށް އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.

މާލޭގެ މަގުތަކުގެ ކަންކަން ބެލެހެއްޓުމަށް ކުރިން މަތިކޮށްފައިވަނީ ސިޓީ ކައުންސިލަށެވެ. ނަމަވެސް މިހާރު އެ މަސައްކަތް ކުރަމުން އަންނަނީ ހައުސިން މިނިސްޓްރީންނެވެ. އެ މައްސަލައާއި ގުޅިގެން ހައުސިން ގެ ބަހެއް ވެސް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު

އަހުމަދު

ރޯ...........ޑް ޑިވަލޮޕްމަންޓް