Yaya Toure hoadhan Inter Milan shauguverikan faalhu kohfi
image
އަހްމަދު ތޯއިލް
0 ކޮމެންޓް
 

ޔާޔާ ޓޫރޭ ހޯދަން އިންޓަ މިލާން ޝައުގުވެރިކަން ފާޅުކޮށްފި

އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ އާއެކު ގިނަ ކާމިޔާބީތަކެއް ހޯދި ތަޖުރިބާކާރު މިޑްފީލްޑަރު ޔާޔާ ޓޫރޭ ހޯދުމަށް އިޓަލީވިލާތުގެ އިންޓަ މިލާނުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
އުމުރުން 33 އަހަރުގެ އައިވަރީ ކޯސްޓް މިޑްފީލްޑަރު ހޯދަން އިންޓަ މިލާން ޝައުގުވެރިކަން ފާޅުކުރި އިރު، ސިޓީ އާއެކު ޔާޔާ ޓޫރޭ ހަދާފައިވާ އެއްބަސްވުމުގައި ބާކީ އަހަރެއް އެބައޮތެވެ.

ޔާޔާ ޓޫރޭ މެންޗެސްޓާ ސިޓީ އަށް ވިއްކާލާފައިވަނީ 2010 ވަނަ އަހަރުގެ ތެރޭ ބާސެލޯނާގެ ކޯޗުކަމުގައި ހުރި ޕެޕް ގާޑިއޮލާގެ އިރުޝާދުގެ ދަށުން 24 މިލިއަން ޕައުންޑަށެވެ. އޭރު ސިޓީގެ ކޯޗަކަށް ހުރީ އިންޓަ މިލާންގެ މިހާރުގެ ކޯޗު ރޮބާޓޯ މެންޗީނީ އެވެ.

އިންޓަ މިލާނުން ޓޫރޭ އަށް ޝައުގުވެރިކަން ފާޅުކުރި ނަމަވެސް، ދެ ފަރާތުންވެސް ވާހަކަ ދައްކަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. އެހެން ކަމުން، ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރަނީ ޓޫރޭ އިންޓަ މިލާނަށް ދިޔުމުގައި އޮތީ 50/50 ފުރުސަތެއް ކަމަށެވެ.

މެންޗެސްޓާ ސިޓީގެ ކޯޗުކަމާ ހަވާލުވި ޕެޕް ގާޑިއޮލާ ބޭނުންވާ ކުޅުންތެރިން ސިޓީ އަށް ގެންނަން މަސައްކަތް ފަށާފައިވާ އިރު އެ ކްލަބުން އަންނަނީ ބޮރޫޝިއާ ޑޯޓްމަންޑްގެ މިޑްފީލްޑަރު އީކޭ ގުންޑޯގަން ހޯދަން މަސައްކަތްކުރަމުންނެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު