Morata alun Real Madrid ah
image
އަހްމަދު ތޯއިލް
0 ކޮމެންޓް
 

މޮރާޓާ އަލުން ރެއާލް މެޑްރިޑަށް

ޔުވެންޓަސް އަށް ބަދަލުވި ރެއާލް މެޑްރިޑްގެ ކުރީގެ ސްޓްރައިކަރު އަލްވާރޯ މޮރާޓާ އަނބުރާ ރެއާލް މެޑްރިޑަށް ގެނެސްފި އެވެ.
ރެއާލް މެޑްރިޑުން އުމުރުން 23 އަހަރުގެ މޮރާޓާ ގަނެފައިވަނީ 2014 ވަނަ އަހަރުގެ ތެރޭ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަށް އޭނާ ވިއްކާލި އިރު އެކުލަވާލި އެއްބަސްވުމުގައި ހިމެނޭ 'ބައި ބެކް' ކްލޯސް މެދުވެރިކޮށެވެ.

ފްރާންސްގައި ކުރިއަށް ދާ ޔޫރޯ 2016 މުބާރާތުގައި ވާދަކުރާ ސްޕޭން ޓީމަށްވެސް ކުޅެމުން އަންނަ މޮރާޓާ ވަނީ ފާއިތުވި 2014 ވަނަ އަހަރާއި 2015 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅެފަ އެވެ. އޭނާ ވަނީ 2015 ވަނަ އަހަރުގެ ފައިނަލުގައި ބާސެލޯނާ އަތުން 3-1 އަކުން ޔުވެންޓަސް ބަލިވި މެޗުގައި ލަނޑެއްވެސް ޖަހައިފަ އެވެ.

މޮރާޓާ ވަނީ ރެއާލް މެޑްރިޑްގެ ކުޑަ ޓީމުގައި ކުޅުމަށް ފަހު އުމުރުން 18 އަހަރުގައި އެ ކްލަބުގެ ސީނިއާ ޓީމުން ޖާގަ ހޯދައިފަ އެވެ. އޭނާ ވަނީ ލަލީގާގައި ރެއާލް މެޑްރިޑަށް ދިހަ ލަނޑު ޖަހައިދީފަ އެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު