Dhunfathuge Isthiumaal Nukuraa Gothah Kanda'alhaa Geyge Faahagakoh Hihvarudhinumuge Inaam Dhenee
image
ދުންފަތުގެ އިސްތިއުމާލު ނުކުރާ ގޮތަށް ކަނޑައަޅާ ގޭގެ ފާހަގަކޮށް ހިތްވަރުދިނުމުގެ އިނާމު ދިނުމަށް ވަނީ ނިންމާފަ--
0 ކޮމެންޓް
 

ދުންފަތުގެ އިސްތިއުމާލު ނުކުރާ ގޮތަށް ކަނޑައަޅާ ގޭގެއަށް ހިތްވަރު ދިނުމުގެ އިނާމު

ދުންފަތުގެ އިސްތިއުމާލު ނުކުރާ ގޮތަށް ކަނޑައަޅާ ގޭގެ ފާހަގަކޮށް ހިތްވަރުދިނުމުގެ އިނާމު ދިނުމަށް ހަމަޖައްސައިފިއެވެ.
އެކަން އިއުލާނު ކުރެއްވީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަ ކުރުމަށް ވޭމަންޑޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމްއެވެ.

ގޭގޭގައި އިސްވެ ބަސްކިޔަން ތިބޭ ފަރާތްތަކުން ހާއްސަކޮށް ކަނބަލުންނަށް އެގޭގެއަކީ މީހުންނަށް ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ މާހައުލަކަށް ހެދުމަށް އިސްދައުރެއް އަދާކުރެވިދާނެ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދުންފަތުގެ ނުރައްކަލުން ސަލާމަތްވެ ތިބުމަށް ބާރުއަޅާ ހިތްވަރުދިނުމުގެ ގޮތުން ދެވޭ އިނާމާއި ބެހޭ ތަފްސީލް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަން ކަނޑައެޅުމުގެ ގަވާއިދެއް އެކުލަވާލައި އަމަލުކުރަން ފަށާފައިވާއިރު އެގަވާއިދުގެ ދަށުން ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަންތަން ވަނީ ކަނޑައަޅާފައެވެ. އަދި ޖޫރިމަނާތަކެއް ވެސް ކަނޑައަޅާފައިވެއެވެ.
ހިޔާލު