Rasffanu dhuva track anekkaves roolhijje
image
ރަސްފަންނު މަރާމާތަށް ރޫޅާލާފައި---
6 ކޮމެންޓް
 

ރަސްފަންނު ދުވާ ޓްރެކް އަނެއްކާވެސް ރޫޅިއްޖެ

ސިންގަޕޫރު ކުންފުންޏަކަށް ބޮޑު އަގުގައި ދީގެން ރަސްފަންނުގައި ހަދާފައިވާ ދުވާ ޓްރެކް އަނެއްކާވެސް ރޫޅިއްޖެއެވެ.
ރަސްފަންނު ސިންތަޓިކް ޓްރެކް ރޫޅިގެން އެތަން ދޭތެރެ ދޭތެރެއިން ދަނީ މަރާމާތު ކުރަމުންނެވެ. އެތަން ހަދަންފަށާ މުޅިން ނުނިމެނީސް ފުރަތަމަވެސް ތަޅުގައި އަޅާފައިވާ ސިންތަޓިކް މެޓްވަނީ ނެއްޓެންފަށާފައެވެ.

ރަސްފަންނު ބޮޑުބައެއް މަރާމާތުކޮށް ނިންމިފަހުން އަދި މަހެއްހާ ދުވަސް ވީފަހުން އަނެއްކާވެސް ބޮޑުބައެއް ރޫޅި އެތަން މަރާމާތު ކުރުމުގެ މައްސައްކަތް މިހާރުވަނީ ފަށާފައެވެ.

ދޭތެރެ ދޭތެރެއިން ރަސްފަންނު ޓްރެކް ހަލާކުވެ މަރާމާތު ކުރަން ޖެހުނު ނަމަވެސް އެތަން އޮންނަނީ އާއްމުކޮށް ދުވާމީހުންނަޢި ހިނގާ މީހުންނަށް ހުޅުވާލާފައެވެ.

ހައުސިން މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ ރަސްފަންނު ޓްރެކް ރޫޅެނީ މަސައްކަތް އެއްކޮށް ނުނިމޭތީކަމަށާއި މަސައްކަތް އެއްކޮށް ނިންމާ ނުލެވިގެން އުޅެނީ މޫސުމް ތަން ނުދިނުމުގެ ސަބަބުން ނެވެ.
ރަސްފަންނު
ހިޔާލު

މުހަންމަދު

ތިތަން ހެއްދިބަޔަކަށާ، ހެދިބަޔަކަށާ، ހަދަން ޚަރަދުކުރިބަޔަކަށް ހަމަސާބަސް!

ފަސާދަ

ތީ ބޮޑު މައްސުނި ގަނޑެއް. ސިންގަޕޫރު ބޮލުގައަޅުވާގެން އުޅޭ ބޮޑު ކޮރަޕްޝަން ގަނޑެއް.

ވަޒަންބެ

ވަރަށް މޮޅު.

ޢަބުރޭ

މީތަ އެ ވިދާޅުވާ ބަލި ކުކުޅަކީ؟

ދޫނިރާއްޖެ

ތިޔަތަން ހެދުން ހަމަ ކުކުޅު ގުއިދޮއްވުމަށްދާނީ

އަހުމަދު

ދުވާޓްރެކަށް މޫއީޒުން ހުއްޓޭނީ ކޮންއިރަކުންބާ.