Annhen League ge champion kan Maldivian ah
image
ޗެމްޕިއަން މޯލްޑިވިއަން -- ފޮޓޯ: މޯލްޑިވިއަން
0 ކޮމެންޓް
 

އަންހެން ލީގުގެ ޗެމްޕިއަން މޯލްޑިވިއަން އަށް

އަލް މުދިޝް ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގައި ޕޮލިސް ކްލަބް އަތުން ސީދާ ތިން ސެޓުން މޮޅުވެ، މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަންހެން ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މޯލްޑިވިއަން އަށް މުބާރާތުގެ ޗެމްޕިއަންކަން ލިބުނީ އެ ޓީމާއި ޕޮލިސް ކްލަބާއި ފުވައްމުލަކު މިސްކިތްމަގަށް ލިބިފައިވާ ޕޮއިންޓް އެއްވަރުވުމުން މެޗުތަކުގައި ހޯދި ފައިދާ ޕޮއިންޓުން އެ ޓީމަށް ކުރިލިބޭތީވެ އެވެ. އެ ތިން ޓީމަށްވެސް ނުވަ ޕޮއިންޓް ލިބިފައިވާ އިރު، މޯލްޑިވިއަން އަދި މިސްކިތްމަގަށް ވަނީ ފައިދާ ހަ ސެޓު ލިބިފަ އެވެ.

ފައިދާ ސެޓުންވެސް އެއްވަރުވެފައި އޮތުމުން ދެން ބެލީ މެޗުތަކުގައި ހޯދި ޕޮއިންޓަށެވެ. ފައިދާ ޕޮއިންޓުން މޯލްޑިވިއަން އަށް ޗެމްޕިއަންކަން ލިބުނީ 55 ޕޮއިންޓުންނެވެ. މިސްކިތްމަގަށް ލިބިފައިވަނީ 40 ފައިދާ ޕޮއިންޓެވެ.

ލީގުގެ ދެވަނަ މިސްކިތްމަގަށް ލިބުން އިރު، ޕޮލިސް ކްލަބް ދިޔައީ ތިންވަނަ އަށެވެ.

ރޭ ޕޮލިހާއި މޯލްޑިވިއަން މެޗަށް ނުކުތް އިރު، ހަވީރު ފިސްޑާ އަތުން މިސްކިތްމަގު މޮޅުވެފައިވާތީ ލީގު ކަށަވަރުކުރަން ޕޮލިސް ޓީމަށް ވަނީ ރޭ މޯލްޑިވިއަން އަތުން ދެ ސެޓުން މޮޅުވުން މަޖުބޫރުވެފަ އެވެ. އެހެން ނަމަވެސް، ސީދާ ތިން ސެޓުން މޮޅުވާން މަޖުބޫރުވެފައިވާ މޯލްޑިވިއަންގެ ފަރާތުން ފެނުނު މޮޅު ކުޅުމާއެކު އެ ޓީމް ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ.

މޯލްޑިވިއަން އިން މެޗުގެ ސެޓުތައް ގެންދިޔައީ 18-25، 25-27، 21-25 އިންނެވެ.
ވޮލީ ބޯޅަ
ހިޔާލު