GMRah Faisaa Dhekkee Kihineh, Bodethi Olhuvalunthakeh!
image
އޭޖީ އަނިލްއާއި ގަވަރުނަރު ޑރ.އަޒީމާ---
10 ކޮމެންޓް
 

ޖީއެމްއާރަށް ފައިސާ ދެއްކީ ކިހިނެއް، ބޮޑު އޮޅުވާލުންތަކެއް!

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިންޑިއާގެ ޖީއެމްއާރު ކުންފުނީގެ އަތުން އަތުލި މައްސަލާގައި ދިވެހި ސަރުކާރުން ޖީއެމްއާރަށް ދައްކަން ޖެހޭ 271 މިލިއަން ޑޮލަރު ދައްކާ ހަލާސް ކުރި ކަމަށް ސަރުކާރުން ބުނުމާއި އެކު އެއާއި ގުޅިގެން އެތައް ސުވާލުތަކެއް ވަނީ ފެންމަތިވެފައެވެ. Dhiraagu
މިމަހުގެ 15 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވީ ޖީއެމްއާރަށް ދައްކަން ޖެހުނު ޖުމްލަ 271 މިލިއަން އެމެރިކާ ޑޮލަރު ދައްކާ ހަލާސްކޮށްފައިވާ ކަމަށެވެ. އަދި އެފައިސާ ނަގާފައިވަނީ ދައުލަތުން ނޫން ކަމަށާއި އެފައިސާ ދައްކާ ހަލާސް ކޮށްފައިވަނީ އެމްއޭސީއެލް ގައި ރައްކާކޮށްފައި ހުރި ފައިސާ އިން ކަމަށް އަނިލް ވިދާޅުވިއެވެ.

އަނިލް ވިދާޅުވީ ބަޖެޓުން ފައިސާ ނެގުމުގެ ބަދަލުގައި އެމްއޭސީއެލް ގައި ރައްކާކޮށްފައި ހުރި ފައިސާ އިން ޖީއެމްއާރަށް ދައްކަން ޖެހޭ މިންވަރު އަވަހަށް ދައްކާ ހަލާސްކުރީ، ގިނަ ދުވަސް ވާވަރަކަށް އިންޓްރެސްޓް މަތިވަމުން ދާނެތީ ކަމަށް އަނިލް ވިދާޅުވި އެވެ.

ފައިސާ ދެއްކީ ދައުލަތުގެ ރިޒާވުން: ނިޔާޒް

އަނިލް އެހެން ވިދާޅުވެފައިވަނިކޮށް މިމަހުގެ 18 ވަނަ ދުވަހުގެ ރޭ އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒު ވަނީ ޖީއެމްއާރު އެގްރިމެންޓް އުވާލުމުގެ ބަދަލެއްގެ ގޮތުގައި އެމްއޭސީއެލްއިން 271 މިލިއަން ޑޮލަރު (4.18 ބިލިއަން ރުފިޔާ) ފައިސާ ދައްކާފައިވާ ކަމަށް ބުނި ނަމަވެސް އެއީ ދޮގެއް ކަމަށާއި އެފައިސާ ދައްކާފައިވަނީ ދައުލަތުގެ ރިޒާވުން ކަމަށް ވިދާޅުވެފައެވެ. ނިޔާޒުގެ އެ ވާހަކައާއި ގުޅިގެން ޖެހިގެން އައި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގަވަރުނަރު ޑރ.އަޒީމާ އާދަމް ވަނީ އެކަމަށް އެއްބަސްވެވަޑައިގެންފައެވެ.

އޭޖީ އަނިލްއާއި ގަވަރުނަރު އަޒީމާގެ ވާހަކަތައް ދިމައެއް ނުވޭ!

ޖީއެމްއާރަށް ފައިސާ ދެއްކީ އެމްއޭސީއެލްއިން ކަމަށް އޭޖީ މުހައްމަދު އަނިލް ވިދާޅުވެފައިވަނިކޮށް އިއްޔެ އެމްއެމްއޭއިން ބޭއްވި ބައްދަލުވުމެއްގައި ޑރ.އަޒީމާ ވިދާޅުވީ އެމްއޭސީއެލްއިން 271 މިލިއަން ޑޮލަރު ދައްކަން ޖެހުމުން އެފައިސާ ދެއްކުމަށް އެކުންފުންޏަށް ދަތިވި ކަމަށާއި އެކަމަށް އެހީވުމަށްޓަކައި އެކުންފުނީގެ ބޮންޑު އެމްއެމްއޭއިން ގަނެފައި، އެކުންފުންޏަށް 140 މިލިއަން ޑޮލަރު ދީފައިވާ ކަމަށެވެ.

އަޒީމާ ވިދާޅުވީ އެމްއޭސީއެލްއަށް ފައިސާ ދައްކަން ދަތިތަކެއް ކުރިމަތިވީ އެ ކުންފުނިން އެއާޕޯޓު ތަރައްގީ ކުރުމަށް މިހާރު ވެސް އެތައް ހަރަދެއް ކުރަމުންދާތީ ކޭޝް ފްލޯގެ ތެރެއިން އެފައިސާ ދެއްކުމަށް ދަތިވާތީ ކަމަށެވެ.

އެމްއެމްއޭއަކީ ސެންޓްރަލް ބޭންކަށްވާތީ ކުންފުނިތަކުން އެ ފަދަ ގޮތް ގޮތަށް ބޮންޑް ގަތުމަކީ އެ އޮތޯރިޓީން އަލަށް ކުރާ ކަމެއް ނޫން ކަމަށާއި އެ ފައިސާ އަކީ އެމްއެމްއޭއަށް ލިބޭނެ ފައިސާ ކަމަށް އަޒީމާ ވިދާޅުވިއެވެ. އެގޮތުން މި ފެށޭ ޑިސެމްބަރު މަހުން ފެށިގެން ކޮންމެ މަހަކު ވެސް ބޮންޑަށް ދޫކުރި ފައިސާ އެމްއޭސީއެލް އިން އެ އޮތޯރިޓީއަށް ދައްކަމުންދާނެ ކަމަށާއި އެ ފައިސާއަކީ ލިބެން ގެރެންޓީ އޮތް ފައިސާއެއް ކަމަށާއި އެ ފައިސާ ދެއްކުމުގައި އެމްއޭސީއެލް އިން ދެ މަހުގެ އެޑްވާންސް ޕޭމެންޓް އަބަދު ވެސް އެމްއެމްއޭގައި ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެމްއޭއީ ބޮންޑްގެ ގޮތުގައި އެމްއޭސީއެލް އަށް 140 މިލިއަން ޑޮލަރު ދީފައިވާއިރު އެ ބޮންޑް އެމްއެމްއޭއިން ގަނެފައިވަނީ 4.9 އިންސައްތައިގެ އިންޓަރެސްޓް ރޭޓެއްގައި ކަމަށް އަޒީމާ ވިދާޅުވިއެވެ. އަދި އެ ފައިސާ ދައްކަން ޖެހެނީ ތިން އަހަރަށް ބަހާލައިގެން ކަމަށް ވެސް އަޒީމާ ވިދާޅުވިއެވެ.


ދައުލަތުގެ ރިޒާވުން ފައިސާދޭއިރު މަޖިލީހުގެ ރުހުން ހޯދަން ޖެހޭތަ؟

އެމްޑީޕީގެ އިގްތިސާދީ ކޮމިޓީގެ މުގައްރިރުގެ ނައިބު އިބްރާހިމް އަމީރު ރާއްޖެ ޓީވީން ހޮނިހިރު ދުވަހުގެ ރޭ ގެނެސްދިން ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު ބޭނުންފުޅުވިނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތި ދައުލަތުގެ ރިޒާވްގައި ހުރި ފައިސާއެއް އެހެން ބަޔަކަށް ނުދެވޭނެ ކަމަށް ކަމަށެވެ.

އަމީރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބަހެއް ނެތި އެމްއެމްއޭގެ ގަވަރުނަރު ބޭނުންފުޅުވުމުން ރިޒާވުން ފައިސާ ނެގުމަކީ ގާނޫނޫ އަސާސީއާ ހިލާފު ކަމެއް ކަމެކެވެ. އަދި އެކަމުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާއިރު، އެކަމުގެ ޒިންމާ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނަގަންޖެހޭނެ ކަމަށެވެ.

"ޤާނޫނުއަސާސީގައި ބުނޭ އެމްއެމްއޭގެ ރިޒާވްއިން މިގޮތައް ފައިސާ ނެގޭނީ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކޮށްފަ ދެބައިގެ އަގުލަބިއްޔަތު ލިބިގެންނޭ. އެހެންވީމާ މިގޮތަކަށް މިކަމެއް ނުކުރެވޭނެ" އޭނާ ވިދާޅުވިއެވެ.

އަމީރުގެ އިތުރަށް ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިން ވެސް ވިދާޅުވީ އެއްވެސް ކޮމްޕެނީއެއްގެ ދަރިނި ދެއްކުމަށްޓައިވެސް އަދި އެނޫންވެސް ގޮތަކަށް ދޫކުރާ ބޮންޑު ގަތުމަކީ އެމްއެމްއޭއަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.



ރިޒާވުން ދެއްކި ފައިސާގެ އިތުރަށް އެމްއޭސިއެލުން 131 ދެއްކީ ކިހިނެއް؟

ޖީއެމްއާރަށް ދައްކަން ޖެހޭ ލާރި ދެއްކީ ދައުލަތުގެ ބަޖެޓުން ނޫން ކަމަށް އަނިލް ވެސް ވިދާޅުވީއެވެ. އަނިލްގެ ވާހަކަތައް އަޒީމާ ދޮގުވެސް ކުރީއެވެ. މަރުކަޒީ ބޭންކުން ބޮންޑު ގަނެ އެމްއޭސީއެލްއަށް އެހީތެރި ވެސް ވީއެވެ. ދެން ދައްކަން އޮތީ އެމްއޭސީއެލްއަށް މަޒުކަޒީ ބޭންކުން ދިން 140 މިލިއަން ޑޮލަރުގެ އިތުރަށް އެމްއޭސީއެލްއިން ބާކީ 131 މިލިއަން ޑޮލަރު ދެއްކީ ކިހިނެއްތޯއެވެ.

އަޒީމާ ބުނި ގޮތުން ނަމަ އެމްއޭސީއެލްއަށް ޖީއެމްއާރުއަށް އެހާ ބޮޑު އަދަދެއް ދައްކަން ވުމުން ބުރައަކަށް ވީއެވެ. އެމްއޭސީއެލްގައި 131 މިލިއަން ޑޮލަރު ދެއްކުމުގެ ކުޅަދާނަކަން ހުރިތޯ ސުވާލު އުފެދޭ ކަމަށް ބައެއް އިގްތިސާދީ މާހިރުން ބުނެއެވެ.

އެމްއޭސީއެލް ތަރައްގީ ކުރަން ނަގާފައިވާ ލޯނުތަކަށް ބަލާއިރު، އެއާޕޯޓުގެ ރަންވޭ އާއި ފިއުލް ފާމް އަދި ކާގޯގެ މަސައްކަތް ބެއިޖިންގެ އާބަން ކޮންސްޓްރަކްޝަންއާއި ހަވާލު ކޮށްފައިވާއިރު، އެ މަސައްކަތް ކުރަނީ ޗައިނާގެ އެގްޒިމް ބޭންކުން 373 މިލިއަން ޑޮލަރުގެ ލޯނެއް ވަނީ ނަގާފައެވެ.

އޭގެ އިތުރުން އެމްއޭސިއެލް ތަރައްގީކުރަން އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޮފިޑް) އިން 50 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމާފައިވެއެވެ.

ދައުލަތުގެ ރިޒާވުން އެހާ ބޮޑު އަދަދެއް ނެގީމާ އިގްތިޝާދަށް ދެން ވާނެ ގޮތް:



މަރުކަޒީ ބޭންކުން ދައުލަތުގެ ރިޒާވުން 140 މިލިއަން ޑޮލަރު އެމްއޭސީއެއްލްއަށް ދީފައިވާއިރު، ސެޕްޓެމްބަރު މަހު އެމްއެމްއޭއިން ހާމަ ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ސެޕްޓެމްބަރު ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 541.4 މިލިއަން ޑޮލަރެވެ. އޭގެ ތެރެއިން ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި 193.8 މިލިއަން ޑޮލަރުއެވެ. އެއީ 2.9 ބިލިއަން ރުފިޔާއެވެ. އެއީ މަހުން މަހަށް ބަލާއިރު ހަތަރު ޕަސެންޓް އިތުރު އަދަދެކެވެ. އެކަމަކު، އަހަރުން އަހަރަށް ބަލާއިރު އެއީ 11 ޕަސެންޓް ދަށް އަދަދެކެވެ. އެމްއޭސީއެލްއަށް ދައުލަތުގެ ރިޒާވުން އެހާ ބޮޑު އަދަދެއް ދެއްކުމުން ދެން ރިޒާވުގައި ހުންނާނީ 53.8 މިލިއަން ޑޮލަރެވެ. އެއީ ދިވެހި ރުފިޔާގެ 829.5 މިލިއަން ރުފިޔާއެވެ.

ދައުލަތުގެ ރިޒާވު އެހާ ބޮޑުތަނުން ކުޑަވުމުން ދެން ވަނީ ކިހިނެއްތޯ ސުވާލު ނުއުފެދޭތޯއެވެ. ކުރިއަށް އޮތްތަނުގައި ޑޮލަރުގެ އަގަށް އަންނާނެ ބަދަލު ކޮބާތޯއެވެ. އިގްތިސާދީ މާހިރުން ވިދާޅުވާހެން ޑޮލަރު 18 ނުވަތަ 19 ރުފިޔާއަށް ބަދުލުވާނީތޯއެވެ. އިގްތިސާދު ދަށަށް ގޮސް މީހުންގެ އާމްދަނީ ކުޑަވެ ތަކެތީގެ އަގު ބޮޑުވާނީތޯއެވެ.

އިއްޔެ ނުސްވެރިންގެ ބައްދަލުވުމުގައި އަޒީމާ ވިދާޅުވީ އެމްއެމްއޭ އިން އަބަދުވެސް ދެ މަސްދުވަހުގެ އިމްޕޯޓަށް ބޭނުންވާ ވަރަށް ރިޒާވް ހިފަހައްޓާނެ ކަމުގެ ޔަގީންކަން ދޭކަމަށާއި އަދި ޑޮލަރުގެ އަގު ބޮޑު ނުކުރާނެ ކަމަށެވެ. އަޒީމާ އެހެން ވިދާޅުވެފައިވާއިރު މިހާރުވެސް ބަލެކް މާކެޓްގައި ޑޮލަރު ގަންނަން ލިބެނީ 17 ރުފިޔާއިން މައްޗަށެވެ. އަދި އިގްތިސާދީ ބައެއް މާހިރުން ބުނާ ގޮތުން ކުރިއަށް އޮތްތާ ޑޮލަރު ގަންނަން ލިބޭނީ 18، 19 އާއި 25 ރުފިޔާއާއި ދެމެދުއެވެ.
ހިޔާލު

ޣިރާތު

ޢެމް އެމް އޭ އިން 500 ޑޮލަރު ކޮންމެ ފުރާމީހަކަށް ދިނުމުގެ ސިއްރަކީ ބެންކުން ދީފިޔާ 4 ބޭންކުން ފުރާމީހަކައް ލިބޭނެ 2000 ޑޮލަރު. މިހާރު ލިމިޓް ވީނު.

ތުއްތުބެ

ޢަޅެ މީތިގަނޑު ނުވެސް ވެއްޓުން

ފުރާ

ހާދަ އަސަރެއް ކޮށްފިޔޭދޯ....ޢަލީ ހުސައިނު ކޮބާތަ އައިސަ؟

ތުއްތުބެ

އަމައްޔާތް! މީނަ ހާދަ މޮޅޭ ރިޕޯޓް ލިޔަން.

ޢާދަން.

ނޫސްވެރިންނށް ކެރޭނެތަ ނިކަން މިކަުގެ އިންވެސްޓިގޭޝަނެއް ހަދަން. ފައިސާ ހޯދީ އެސްޓީ އޯއިން. ފުނަދޫ އަދި ބޯޓުގަންނަން ނަގާފަ ހުރި ލާރިޚޮޅު.

އަހުސް

ކިހިނެންތަ ތެދެއް ހަދާނީ ދޮގު ހަދާހަދާ އެތިބެނީ އެމީހުންގެ ދޫތައްވެސް އެގޮތައް ހޭނިފަ

ބޮކުބާޑު

ދޮގުހެދި މީހަކު އެބަޖެހޭ މިހާރުން މިހާެރަށް ލަސްނުކޮށް އަވަހަށް އިސްތިއުފާދެއްވަން. ތިޔަ ދެމީހުންނަކީވެސް ދައުލަތުގެ މުހިންމު މަގާމުގަ ތިއްބެވި ދެބޭފުޅުން. ލަސްނުކޮށް ކަންހިގިގޮތް ރަށްޔިތުންނަށް ހާމަކުރެއްވުމަށްފަހު އިސްތިއުފާ ދެއްވާ. އިޚުލާސްތެރިވޭ. ގާސިމް ފަދަ ތެދުވެރި ބޭފުޅުންނަށް ވެލައްވާ. އެންމެ ފުރަތަމަ ގައުމު އިސްކުރަށްވާ. މީހެއްގެ ދަށުވެ އަޅުވެތިވާކަށެއް އެކަކަކަށް ވެސް ނުޖެހޭ. ބިރުވެތިވާންވީ ހެއްދެވި ފަރާތަށް. މާތް ﷲ އަށް.

ބޮޑު މީހާ

ޕްލީޒް ތެދު ހަދާ ބަލަ. ކިހިނެއްތަ ފައިސާ ދެއްކީ. ލޯނު ނެގީ ދޯ. އަނެއްކާ ސައުދީން ދިން ލޯނުން ފައިސާ ދެއްކީތަ

ގައުމު

މިއީ ބޮޑޫވަރު. ތެދަން ވާހަކަ ދެއްކުން ރަނގަޅު

ގަޓް ރާޖާ

ވަގުންގެ ގޭންގެއް މިހާރު އޮތީ... ދުލުގަ ގޮއްޖެހިފަ ތިއްބަސް ތެދެއްނަހަދާނެ..